އައްޑޫސިޓީ ކައުންސިލްގެ އިދާރާ

1438 ވަނަ އަހަރުގެ ރަމަޟާންމަހު ތަރާވިހު ނަމާދުކުރުމަށް ޙާފިޡުން ހޯދުމުގެ ހުއްދައަށްއެދި ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން

11 މޭއި 2017     6 years ago


1438  ވަނަ އަހަރުގެ ރަމަޟާންމަހު ތަރާވިހު ނަމާދުކުރުމަށް ޙާފިޡުން ހޯދުމުގެ ހުއްދައަށްއެދި ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން 

 

1438 ވަނަ އަހަރުގެ ރަމަޟާންމަހު މާލެއާއި ރަށްރަށުގެ މިސްކިތްތަކުގައި ޙިފުޡުކޮށް އިމާމުވެ ތަރާވިޙް ނަމާދު ކުރާނެ ޙާފިޡުން ހޯދުމާ ގުޅޭގޮތުން ގެޒެޓްކުރެވިފައިވާ އުޞޫލުގައި ކަނޑައެޅިފައިވާ ލިޔެކިޔުން ހުށަހަޅަންޖެހޭ މުއްދަތު 17 މެއި 2017 ވަނަ ދުވަހުގެ 13:00 އަށް އިތުރު ކުރެވިފައިވާ ކަމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޖެނެރަލްނޯޓް ނަންބަރު: 142-B1/2017/32 އިން ކައުންސިލްތަކަށް އަންގަވާފައިވެއެވެ.

ވީމާ، ޝަޢުޤުވެރިވާ ފަރާތްތަކުން ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން އިސްލާމިކް މިނިސްޓްރީއަށް ފޯމް ހުށަހަޅުއްވުމަށް އެމިނިސްޓްރީން އެދި ވަޑައިގަންނަނަވައެވެ. 1438 ވަނަ އަހަރު ރަމަޟާންމަހު ޙިފުޡުކޮށް ތަރާވިހު ނަމާދު ކުރުމަށް ޙާފިޡުން ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމާއި އުސޫލު އެ މިނިސްޓްރީ ވެބްސައިޓުން ލިބެންހުންނާނެ އެވެ.

 

14 ޝަޢުބާން 1438

10  މެއި  2017



ބާވަތް: އިއުލާން

ނަންބަރ: (IUL)426-CA/426/2017/74

ޕަބްލިޝް ކުރި ތާރީޚް: 11-05-2017

ސުންގަޑި: 2017-05-17 13:00:00