އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކޮމިއުނިޓީ އެންގޭޖްމަންޓް ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުޞަތު

23 ޑިސެމްބަރ 2020     3 years ago


ކޮމިއުނިޓީ އެންގޭޖްމަންޓް ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުޞަތު

 

މި އިދާރާގެ ނަންބަރު (IUL)426-CB/426/2020/383 އިއުލާނާ ގުޅިގެން ވިލާ ކޮލެޖުގެ ހިތަދޫ ކެމްޕަހުގައި ކިޔަވަމުންދާ ދަރިވަރުންނަށް ހުޅުވާލެވުނު ކޮމިއުނިޓީ އެންގޭޖްމަންޓް ސްކޮލަރޝިޕަށް ކުރިމަތިލުމަށް ފުރުސަތު އަލުން ހުޅުވާލަމެވެ.

ކޮމިއުނިޓީ އެންގޭޖްމަންޓް ސްކޮލަރޝިޕަކީ 2017 ވަނަ އަހަރު ވިލާ ކޮލެޖާއި އައްޑޫސިޓީ ކައުންސިލާ ދެމެދު ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ތަޢާރަފުކުރެވިފައިވާ ވިލާ ކޮލެޖުގެ ހިތަދޫ ކެމްޕަހުގައި ކިޔަވަމުންދާ ދަރިވަރުންގެ ޢަދަދަށް ނިސްބަތްކޮށް، އައްޑޫސިޓީގެ ދެ ފަރާތަކަށް ފުރަތަމަ ޑިގްރީ އަދި މާސްޓަރސް ޑިގްރީ ފެންވަރަށް، ހިލޭ ކިޔެވުމަށް ހުޅުވާލެވުނު ދެ ފުރުޞަތެވެ.

ވީމާ، މިސްކޮލަރޝިޕަށް ޝައުޤުވެރިވާ ވިލާ ކޮލެޖުގެ ހިތަދޫ ކެމްޕަހުގެ ދަރިވަރުން 2020 ޑިސެންބަރު 30 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ސްކޮލަރޝިޕަށް އެދޭ ފޯމު އައްޑޫސިޓީ ކައުންސިލްގެ އިދާރާއަށް ނުވަތަ އީމެއިލް މެދުވެރިކޮށް [email protected] އަށް ހުށަހެޅުއްވުން އެދެމެވެ. ސްކޮލަރޝިޕަށް އެދޭ ފޯމު އަދި ސްކޮލަރޝިޕާ ގުޅޭ މަޢުލޫމާތު ޝީޓް ކައުންސިލް އިދާރާގެ ކައުންޓަރުން އަދި ކައުންސިލްގެ ވެބްސައިޓުން ލިބެން ހުންނާނެ ވާހަކަވެސް ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ނަންބަރު 6885002 ފޯނަށް ގުޅުއްވުން އެދެމެވެ.

ވިލާ ކޮލެޖު ސްކޮލަރޝިޕް ސްކީމް

ވިލާ ކޮލެޖު ސްކޮލަރޝިޕް ސްކީމް އެޕްލިކޭޝަން ފޯމު

08 ޖުމާދަލްއޫލާ 1442

23 ޑިސެންބަރު 2020



ބާވަތް: އިއުލާން

ނަންބަރ: (IUL)426-CB/426/2020/420

ޕަބްލިޝް ކުރި ތާރީޚް: 23-12-2020

ސުންގަޑި: 2020-12-30 13:00:00