އައްޑޫސިޓީ ކައުންސިލްގެ އިދާރާ

17 މެއި 2017 ވަނަ ދުވަހު ރޭގަނޑު10:00ގައި އައްޑޫ ސިޓީ ހިތަދޫއަށް އެރި ނަގޫ ރޯޅީގައި ގެއްލުންވި ގެތަކަށް އެހީތެރިވުމަށް ފަންޑެއް ޤާއިމު ކުރުން

18 މޭއި 2017     6 years ago


17 މެއި 2017 ވަނަ ދުވަހު ރޭގަނޑު10:00ގައި އައްޑޫ ސިޓީ ހިތަދޫއަށް އެރި ނަގޫ ރޯޅީގައި ގެއްލުންވި ގެތަކަށް އެހީތެރިވުމަށް ފަންޑެއް ޤާއިމު ކުރުން

 

 

17 މެއި 2017 ވަނަ ދުވަހުގެ ރޭގަނޑު10:00 ހާއިރު އައްޑޫ ސިޓީ ހިތަދޫއަށް އެރި ނަގޫ ރޯޅީގައި ގެއްލުންވި ގެތަކަށް އެހީތެރިވުމަށް ފަންޑެއް ހުޅުވައި މިފަންޑަށް އެހީތެރި ވުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލައިފީމެވެ.

މިފަންޑަށް އެހީތެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ބޭންކް އޮފް މޯލްޑިވްސް ސ.ހިތަދޫ ބްރާންޗްގައި އޮންނަ މި އިދާރާގެ ތިރީގައިވާ އެކައުންޓަށް ފައިސާ ޖަމާކުރުމުގެ ފުރުޞަތު މިއަދުންފެށިގެން ވަނީ ހުޅުވާލެވިފައެވެ.

އެކައުންޓްނަން:      1277- ޚަރަދު 2

އެކައުންޓް ނަމްބަރު:   7708-700341-004

ވީމާ، ބަޔާން ކުރެވިފައިވާ ގޮތުގެ މަތިން އައްޑޫސިޓީ ހިތަދޫއަށް އެރި ނަގޫރޯޅީގައި ގެއްލުންވި ގެތަކަށް އެހީތެރިވުމަށް ހުޅުވާލެވުނު ފަންޑަށް ފައިސާ ޖަމާ ކޮށްދެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ފައިސާ ޖަމާ ކުރެއްވުމަށްފަހު ކައުންސިލްގެ ހޮޓްލައިން ނަމްބަރު : 7905003 އަށް އެސް.އެމް.އެސް އަކުން އަންގަވައި ދެއްވުން އެދި ދެންނެވީމެވެ.

އަދި މިޙާދިސާގައި ގެއްލުންވި ގެތަކަށް ތަކެތީގެ އެހީތެރިކަން ފޯރުކޮށްދެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ވެސް ކައުންސިލްގެ ހޮޓްލައިން ނަމްބަރު : 7905003 އަށް އެސް.އެމް.އެސް އަކުން އަންގަވައި ދެއްވުމުން އެ ޢާއިލާތަކަށް ތެކެތި ފޯރުކޮށްދެއްވުމުގެ އިންތިޒާމް ކައުންސިލްގެ އިދާރާއިން ހަމަޖައްސަވައި ދެވޭނެ ވާހަކަ ދެންނެވީމެވެ. 

22 ޝައުބާން 1437

18 މެއި 2017



ބާވަތް: އިއުލާން

ނަންބަރ: (IUL)426-CA/426/2017/75

ޕަބްލިޝް ކުރި ތާރީޚް: 18-05-2017

ސުންގަޑި: 2017-05-18 22:00:00