އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އޮފީސް އިމާރާތް މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

28 ޖެނުއަރީ 2021     3 years ago


ބީލަން ހުށަހެޅުމުގެ ދައުވަތު

1.އައްޑޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އޮފީސް އިމާރާތް މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް  ބޭނުންވެއްޖެއެވެ.

2.މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ، ދިވެހިރާއްޖޭގައި ކޮންޓްރެކްޓަރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ތަކަށާއި ޤާނޫނީ ގޮތުން ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.

3.ބިޑް ޑޮކިއުމަންޓް 2021 ޖަނަވަރީ 31 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00ން ފެށިގެން 2021 ފެބްރުވަރީ 08 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 އާއި ހަމަޔަށް ގަންނަން ލިބެން ހުންނާނެއެވެ. ބީލަމުގައި ބައިވެރިވުމަށް 300/- (ތިން  ސަތޭކަ ) ދިވެހި ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ބިލަމުގައި ބައިވެރިވުމަށް ރެޖިސްޓްރޭޝަން ފުރިހަމަ ކުރުމަށް މި ދެންނެވި މުއްދަތުގެ ތެރޭގައި ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މިއިދާރާގެ [email protected] އަށް ރިކްއެސްޓްކޮށް ފައިސާ ޑިޕޮޒިޓްކުރުމަށްފަހު، ފައިސާ ޖަމާކުރިކަމުގެ ސްލިޕް މެއިލްކޮށް ދެއްވުން އެދެމެވެ. 

4.މި މަސައްކަތާއި ގުޅޭ މައުލޫމާތު ޝީޓް އަދި ބިޑް ފޯމް 2021 ޖަނަވަރީ 31 ވާ އާދިއްތަ ދުވަހުން ފެށިގެން ސޮފްޓްކޮޕީ ފޯރމެޓްގައި ބީލަމުގައި ބައިވެރިވުމަށް ރެޖިސްޓްރީ ކުރާ ފަރާތްތަކަށް މެއިލް ކުރެވޭނެއެވެ.

5.މި ޕްރޮޖެކްޓާއި ބެހޭގޮތުން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2021 ޖަނަވަރީ 31 ވާ އާދިއްތަ ދުވަހުން ފެށިގެން 2021 ފެބްރުއަރީ 08 ވާ ހޯމަ ދުވަހުގެ 16:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ.

6.ބީލަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބޭއްވޭ މައުލޫމާތު ސެޝަންގައި ބައިވެރިވުމަށް 2021 ފެބުރުއަރީ 09 ވާ އަންގާރަ ދުވަހުގެ 10:30އަށް ކައުންސިލްގެ އިދާރާއަށް ވަޑައިގެންވެސް މައުލޫމާތު ސާފުކުރެވިދާނެއެވެ. މިސެޝަންގައި ސައިޓަށް ދުރުވެ އިމާރާތުގެ މިހާރުގެ ހާލަތުވެސް ދެއްކިގެންދާނެއެވެ.

7. ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2021 ފެބުރުވަރީ 16 ވާ އަންގާރަ ދުވަހުގެ 11:00ގައި ކައުންސިލްގެ އިދާރާގެ ހޯލްގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

8.އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

އީމެއިލް: [email protected]

ކޮޕީ :   [email protected] 

28 ޖަނަވަރީ 2021



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2021/53

ޕަބްލިޝް ކުރި ތާރީޚް: 28-01-2021

ސުންގަޑި: 2021-02-16 11:00:00