އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީގެ ފޭދޫ އަވަށު ފުޓްބޯޅަދަނޑުގައި ފެންސް ޖަހައި ގޭޓްލުމުގެ މަސައްކަތް

6 އޮކްޓޯބަރ 2016     7 years ago


އައްޑޫސިޓީގެ ފޭދޫ އަވަށު ފުޓްބޯޅަދަނޑުގައި ފެންސް ޖަހައި ގޭޓްލުމުގެ މަސައްކަތް

އައްޑޫސިޓީގެ ފޭދޫ އަވަށު ފުޓްބޯޅަދަނޑުގައި ފެންސްނުޖެހިވާބައިގައި ފެންސްޖަހައި ގޭޓްލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެގެން ކުރެވުނު ނަންބަރު: (IUL)426-AB/426/2016/154 އިޢުލާނަށް ހުށަހެޅުނު އަގުތަކަކީ އެކަށީގެންވާ ވަރަށްވުރެން ބޮޑުއަގުތައް ކަމަށްވާތީ މިއިޢުލާން ބާތިލްކޮށް އަލުން މިފުރުސަތު ހުޅުވާލަމެވެ.

 ވީމާ މިއިދާރާއިން ދޭ މަޢުލޫމާތާއި ކުރެހުމާއި އެއްގޮތަށް މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 13 އޮކްޓޯބަރު 2016 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް މި  އިދާރާއަށް  ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 18 އޮކްޓޯބަރު 2016 ވާ އަންގާރަ ދުވަހުގެ ހެނދުނު 11.00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ އެވެ.          

މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ މިއިދާރާގެ ކޮންފަރެންސް ހޯލް ގައެވެ. މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ބަލައިގަތުން ހަމަޖެހިފައިވާ ގަޑިއަށް މިއިދާރާގެ ކޮންފަރެންސް ހޯލަށް ވަޑައިނުގަންނަވާ ފަރާތްތަކަށް މިސެޝަން ތަކުގައި ބައިވެރި ނުވެވޭނެ ވާހަކަ ދެންނެވީމެވެ.

05 މުޙައްރަމް 1438 

06 އޮކްޓޯބަރު 2016



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2016/223

ޕަބްލިޝް ކުރި ތާރީޚް: 06-10-2016

ސުންގަޑި: 2016-10-13 00:00:00