އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ ކައުންސިލްގެ 3 ވަނަ ކައުންސިލަށް ހޮވިވަޑައިގަތް ކައުންސިލަރުން ހުވާކުރުމާއި ފުރަތަަމަ ރަސްމީ ޖަލްސާ ބާއްވާ ދުވަސް ޢާއްމުކޮށް އިޢުލާންކުރުން

30 މޭއި 2017     6 years ago


އައްޑޫ ސިޓީ ކައުންސިލްގެ، 3 ވަނަ ސިޓީ ކައުންސިލަށް ހޮވި ވަޑައިގެންނެވި އިންތިޚާބީ ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތާއި 3 ވަނަ ސިޓީ ކައުންސިލްގެ ފުރަތަމަ ރަސްމީ ޖަލްސާ ބާއްވާ ދުވަސް ޢާއްމުކޮށް އިޢުލާން ކުރުން

 

06 މެއި 2017 ގައި ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގައި، އައްޑޫ ސިޓީ ކައުންސިލްގެ 3 ވަނަ ސިޓީ ކައުންސިލަށް ހޮވި ވަޑައިގެންނެވި އިންތިޚާބީ ކައުންސިލަރުން މަޤާމުގެ ހުވާކުރުމުގެ ރަސްމިއްޔާތާއި 3 ވަނަ ސިޓީ ކައުންސިލްގެ ފުރަތަމަ ރަސްމީ ޖަލްސާ، 03 ޖޫން 2017 ވާ ހޮނިހިރު ދުވަހުގެ ރޭގަނޑު ހިތަދޫ ޝަރަފުއްދީނު ސްކޫލްގައި ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.

3 ވަނަ ސިޓީ ކައުންސިލަށް ހޮވި ވަޑައިގެންނެވި ބޭފުޅުން މަޤާމުގެ ހުވާކުރުމުގެ ރަސްމިއްޔާތު އޮންނާނީ ހިތަދޫ ޝަރަފުއްދީނު ސްކޫލްގެ ހޯލުގައި 03 ޖޫން 2017 ވާ ހޮނިހިރު ދުވަހުގެ ރޭގަނޑު 10:00 ގައެވެ.

އަދި ހުވާކުރުމުގެ ރަސްމިއްޔާތަށްފަހު، 03 ޖޫން 2017 ވާ ހޮނިހިރު ދުވަހުގެ ރޭގަނޑު 11:00 ގައި ހިތަދޫ ޝަރަފުއްދީނު ސްކޫލުގެ ކޮންފަރެންސް ހޯލްގައި 3 ވަނަ ސިޓީ ކައުންސިލްގެ ފުރަތަމަ ރަސްމީ ޖަލްސާ ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ. މި ޖަލްސާގައި އައްޑޫސިޓީގެ މޭޔަރުގެ މަޤާމަށާއި ޑެޕިއުޓީ މޭޔަރުގެ މަޤާމަށް ބޭފުޅަކު އިންތިޚާބު ކުރެވިގެންދާނެއެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.

04 ރަމަޟާން 1438

30 މެއި 2017



ބާވަތް: އިއުލާން

ނަންބަރ: (IUL)426-CA/426/2017/78

ޕަބްލިޝް ކުރި ތާރީޚް: 30-05-2017

ސުންގަޑި: 2017-06-03 14:30:00