އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީ ހުޅުދޫ މީދޫ މޮނިޓަރިންގެ ހާލަތަށް ގެނައުމާ ގުޅޭ

5 ފެބުރުއަރީ 2021     3 years ago


އިޢުލާން

 

       ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ނަންބަރ 23-IQ/2021/23  ( 04 ފެބްރުއަރީ 2021 ) މޮނިޓަރިންގެ ޙާލަތަށް ގެނެވިފައިވާ  އައްޑޫ ހުޅުދޫ މީދޫ ވަނީ މިޙާލަތު  އިޢުލާން ކުރުމާއިއެކު މީހުން އަރާ ފޭބުން މަނާ 2 އަވަށުގެ ގޮތުގައި ކަނޑައެޅިފައެވެ. ހަމަ އެހެންމެ މިދެއަވަށަށް އެއްވެސް އުޅަނދެއް ވަނުމާއި ފުރުންވަނީ މަނާކުރެވިފައެވެ. މިޙާލަތުގައި މި ދެއަވަށުގައި ދިރިއުޅޭ ރައްޔަތުން ތިރީގައި މިދަންނަވާ ކަންތައްތަކަށް  ޚާއްޞަ ސަމާލުކަމެއް ދެއްވުން އެދެމެވެ.

  1. ހުޅުދޫ އަދި މީދޫގައި ގާއިމުވެ ހުރި  އެއްވެސް މީހަކު މިއަމުރު ދެމިއޮތްހާ ހިނދަކު އެދެއަވަށުން ފުރައިގެން ނުދިއުން  
  2. އެއްވެސް މީހަކު އެޗް.ޕީ.އޭ ގެ މި އަމުރުގެ  ޙާލަތުގައި  ހުޅުދޫ އަދި މީދުއަށް ނުފުރުން
  3. މޮނިޓަރިންގ ޙާލަތުގައި އޮންނަ މުއްދަތުގައި ހުޅުދޫ އަދި މީދޫގެ މަސްވެރިން މަހަށް ނުފުރުން
  4. މިމުއްދަތުގައި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އަށް މަސް ކިރުން މެދުކަނޑާލުން   

ދިމާވެދާނެ ކުއްލި ޙާލަތަކާއި ގުޅިގެން ކޮންމެހެން ކުރަންޖެހޭ ދަތުރެއްވެސް ކުރަންވާނީހުޅުދޫ ނުވަތަ މީދޫ އެސް.އެސް.ޑީ އަށް ސަބަބު ބަޔާންކޮށް ހުށަހަޅުއްވައި ލިއުމުން ހުއްދަ ލިބިގެންނެވެ. މިފަދަ ދަތުރުތަކަށް ބޭނުންކުރަންވާނީ ހަމައެކަނި މެދު ބަނދަރެވެ.

ވީމާ، ރައްޔިތުންގެ ރައްކާތެރިކަމާއި ސާލާމަތްކަން ގާއިމުކުރުމަށް އެޅިފައިވާ މިދެންނެވުނު ފިޔަވަޅުތަކަށް ހުރިހާފަރާތްތަކުންވެސް އެއްބާރުލެއްވުން ދެއްވުން އެދި ދެންނެވީމެވެ.

  • ހުޅުދޫ އެސް.އެސް.ޑީ ގެ ނަންބަރ : 7789046
  • މީދޫ އެސް.އެސް.ޑީ ގެ ނަންބަރ 7789041:

22 ޖުމާދަލްއާޚިރާ   1442

04 ފެބުރުއަރީ      2021



ބާވަތް: އިއުލާން

ނަންބަރ: (IUL)426-CA/426/2021/69

ޕަބްލިޝް ކުރި ތާރީޚް: 05-02-2021

ސުންގަޑި: 2021-02-04 14:00:00