އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ފަންނުވެރީންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމުގެ ފުރުޞަތު

11 ފެބުރުއަރީ 2021     3 years ago


އިޢުލާން

'ފަންނުވެރީންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމުގެ ފުރުޞަތު'

ނެޝަނަލް ސެންޓަރ ފޮރ ދި އާޓްސް / މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ގެ ނަންބަރ: 177/CIR/2021/1 (08.2.2021) ސަރކިއުލަރ އާއި ގުޅޭ ގޮތުން ދަންނަވެމެވެ. 

NCA އިން ދެމުން ގެންދާ ޚިދްމަތްތައް ރާއްޖޭގައި ތިބި ފަންނުވެރިންނަށް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި، ފަންނުވެރީންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް އެ ސެންޓަރުން ވަނީ ފަށާފައެވެ.

އެގޮތުން، ނެޝަނަލް ސެންޓަރ ފޮރ ދި އާޓްސް ގެ ފަންނުވެރީންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމުގެ ފުރުޞަތު އައްޑޫ ސިޓީގައި މަސައްކަތް ކުރައްވާ ފަންނުވެރިންނަށް ވެސް ވަނީ ހުޅުވާލެވިފައެވެ.

އޮންލައިން ކޮށް މި ދަފްތަރުގައި ރަޖިސްޓްރީވުމަށް ބޭނުން ކުރައްވާނެ ލިންކް ތިރީގައި މިވަނީއެވެ.

bit.ly/NCAArtistRegistration

bit.ly/NCAArtistRegDhiv

           ދަފްތަރުގައި ބައިވެރިވުމުގައި އިތުރު އެހީތެރިކަން ބޭނުންފުޅުވާ ފަރާތްތަކުން، އެ އަވަށެއްގެ އަވަށު އޮފީހުގައި އެދިލެއްވުމުން، މިކަމުގައި އެހީތެރިވެދެއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

29 ޖުމާދަލްއާޚިރާ 1442

11 ފެބްރުވަރީ   2021



ބާވަތް: އިއުލާން

ނަންބަރ: (IUL)426-CA/426/2021/80

ޕަބްލިޝް ކުރި ތާރީޚް: 11-02-2021

ސުންގަޑި: 2021-02-11 14:00:00