އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އޮފީސް ފަރުނީޗަރ ހޯދުން

12 ޖޫން 2017     6 years ago


އޮފީސް ފަރުނީޗަރ ހޯދުމަށް

 

އިދާރާއަށް އޮފީސް ފަރުނީޗަރު ގަންނަން ބޭނުންވެގެން ކުރެވުނު ނަންބަރު : (IUL)426-AA/426/2017/71 އިޢުލާނަށް އެކަށީގެންވާ އިޖާބައެއް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ. 

ވީމާ، މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މިތަކެތި ހޯއްދަވައިދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 18 ޖޫން 2017 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 22 ޖޫން 2017 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި ޕްރޮޕޯސަލް ބަލައިގަތުން އޮންނާނީ މިއިދާރާގެ ކޮންފަރެންސް ހޯލުގައެވެ. މަޢުލޫމާތު ސާފުކުރުމުގެ ސެޝަންގައި ބައިވެރިނުވާ ފަރާތަކަށް ޕްރޮޕޯސަލް ހުށަނޭޅުއްވޭނެއެވެ. އަދި  ކަނޑައެޅިފައިވާ ގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށްވެސް މަޢުލޫމާތު ދިނުމާއި ޕްރޮޕޯސަލް ބަލައިގަތުމުގެ ސެޝަންގައި ބައިވެރިނުވެވޭނެއެވެ. 

17 ރަމަޟާން 1438

12 ޖޫން 2017



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2017/83

ޕަބްލިޝް ކުރި ތާރީޚް: 12-06-2017

ސުންގަޑި: 2017-06-18 11:00:00