އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އަންދާސީ ހިސާބު ބޭނުންވެއްޖެ

12 ޖޫން 2017     6 years ago


އަންދާސީ ހިސާބު ބޭނުންވެއްޖެ

 

މިއިދާރާއަށް ތިރީގައިމިވާ ތަކެތި ގަންނަން ބޭނުންވާތީ ކުރެވުނު ނަންބަރު: (IUL)426-AA/426/2017/62 އިޢުލާނާއި ގުޅިގެން ހުށަހެޅިފައިވާ އަންދާސީ ހިސާބުތަކުގައު މަޢުލޫމާތު ފުރިހަމަނުވާތީ، އެ އަންދާސީ ހިސާބުތައް ބާޠިލުކޮށް، އަލުން މިކަމަށް ޝައުޤުވެރިވެލައްވާ، މި ބާވަތުގެ މުދާ އާންމުކޮށް ވިއްކައިހަދާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލަމެވެ.

  • 08 ޑޮކިއުމަންޓް ސްކޭނަރ
  • 03 A4 އިންކްޖެޓް ޕްރިންޓަރ
  • 01 ޑެސްކްޓޮޕް ކޮމްޕިއުޓަރ ސިސްޓަމް
  • 2 ލޭޒަރ ޕްރިންޓަރ
  • 17 ޑެސްކްޓޮޕް މޮނިޓަރ
  • 01 ލެޕްޓޮޕް

ވީމާ މިތަކެތި ވިއްކެވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 18 ޖޫން 2017 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 22 ޖޫން 2017 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި ޕްރޮޕޯސަލް ބަލައިގަތުން އޮންނާނީ މިއިދާރާގެ ކޮންފަރެންސް ހޯލުގައެވެ. މަޢުލޫމާތު ސާފުކުރުމުގެ ސެޝަންގައި ބައިވެރިނުވާ ފަރާތަކަށް ޕްރޮޕޯސަލް ހުށަނޭޅުއްވޭނެއެވެ. އަދި  ކަނޑައެޅިފައިވާ ގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމާއި ޕްރޮޕޯސަލް ބަލައިގަތުމުގެ ސެޝަންގައި ވެސް ބައިވެރިނުވެވޭނެއެވެ. 

17 ރަމަޟާން 1438

12 ޖޫން 2017



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2017/84

ޕަބްލިޝް ކުރި ތާރީޚް: 12-06-2017

ސުންގަޑި: 2017-06-18 13:00:00