އައްޑޫސިޓީ ގެ ވަނަވަރު ފޮތް ލިޔުން
އައްޑޫސިޓީގެ ވަނަވަރާއި ގުޅުންހުރި މަޢުލޫމާތު ތަކުގެ މައްޗަށް އެކުލަވާލެވިފައިވާ ފޮތެއް ލިޔުއްވަން ބޭނުންވެ މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)426-CA/426/2016/207 އިޢުލާނަށް އެކަށީގެންވާ އަދަދަކަށް އަންދާސީހިސާބު ހުށަހެޅިފައިނުވާތީ މި އިޢުލާން ބާޠިލުކޮށް އަލުން މިފުރުސަތު ހުޅުވައިލަމެވެ.
ވީމާ، މިއިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތުގެ މައްޗަށް މިފޮތް ލިއުއްވާދެއްވަން ޝައުގުވެރިވާ ފަރާތްތަކުން، 2016، އޮކްޓޯބަރ 12 ވާ ބުދަ ދުވަހު 11:00 އަށް މި އިދާރާއަށް ވަޑައިގެން މައުލާމާތު ސާފުކުރެއްވުމަށްފަހު، 2016، އޮކްޓޯބަރ 19 ވާ ބުދަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފު ކޮށްދިނުމަށް ބާއްވާ ސެޝަންގައި ބައިވެރިނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގައި ބައިވެރިނުވެވޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މިއިދާރާގެ ކޮންފަރެންސް ހޯލްގައެވެ.
27 ޛުލްޙިއްޖާ 1437
29 ސެޕްޓެންބަރު 2016