އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހުޅުދޫ އަވަށުއޮފީސް މަރާމާތުކުރުމުގެ މަސައްކަތް

25 އޮކްޓޯބަރ 2017     1 year ago


އިޢުލާން

 

އައްޑޫ ސިޓީގެ ހުޅުދޫ އަވަށު އޮފީހުގައި ކުރަންޖެހޭ މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)426-AA/426/2017/142 އިޢުލާނާއި ގުޅިގެން އެކަށީގެންވާފަދަ ބީލަމެއް ހުށަހެޅިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން މި ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ދިނުން އޮންނާނީ، 2017 އޮކްޓޫބަރު 30 ވާ ހޯމަ ދުވަހުގެ 10:00 ގައި ހުޅުދޫ އަވަށު އޮފީހުގައާއި، މިއިދާރާގެ  ކޮންފަރެންސް ހޯލުގައެވެ. ހުޅުދޫ އަވަށު އޮފީހުން މަޢުލޫމާތު ސާފުކުރާ ފަރާތްތަކުން އަންދާސީހިސާބު ހުށަހަޅުއްވާނީ، ހުޅުދޫއަވަށު އޮފީހަށެވެ. މިއިދާރާއިން މައުލޫމާތު ސާފުކުރާ ފަރާތްތަކުން އަންދާސީހިސާބު ހުށަހަޅުއްވާނީ މިއިދާރާއަށެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 2017 ނޮވެންބަރު 05 ވާ އާދީއްތަ ދުވަހުގެ 11:00 އެވެ.

މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ބަލައިގަތުން ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް މިސެޝަން ތަކުގައި ބައިވެރި ނުވެވޭނެ ވާހަކަ ދެންނެވީމެވެ.

05 ޞަފަރު 1439 

25 އޮކްޓޫބަރު 2017



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2017/153

ޕަބްލިޝް ކުރި ތާރީޚް: 25-10-2017

ސުންގަޑި: 2017-10-30 10:00:00