އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫ އަވަށު އޮފީހުގެ ބައުތަކެތި ނީލަން ކިޔުން

29 އޮކްޓޯބަރ 2017     3 weeks ago


އިޢުލާން

 

ހިތަދޫ އަވަށު އޮފީހުގެ ހުރި ބައުތަކެތި ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ. މި ނީލަން ކިޔުން އޮންނާނީ 04 ނޮވެމްބަރ 2017 ވާ ހޮނިހިރު ދުވަހުގެ 09.00 ގައި އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ގޯތިތެރޭގައެވެ.

ނީލަން ކިއުމަށް ހަމަޖެހިފައިވާ ތަކެތި ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން 02 ނޮވެމްބަރ 2017 ވާ ބުރާސްފަތު ދުވަހުގެ 09.00 އިން 13.00 އާއި ދެމެދު ކައުންސިލް އިދާރާއަށް ވަޑައިގަތުމުން ތަކެތި ބެއްލެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން ނީލަން އޮންނަ ދުވަހުގެ ހަވީރު 16.00ގެ ކުރިން ފައިސާ ދެއްކެވުމަށްފަހު ތަކެތި ގެންގޮސް ނިންމަންވާނެއެވެ.

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

09 ޞަފަރު 1439    

29 އޮކްޓޯބަރ 2017



ބާވަތް: އިއުލާން

ނަންބަރ: (IUL)426-2A/426/2017/154

ޕަބްލިޝް ކުރި ތާރީޚް: 29-10-2017

ސުންގަޑި: 2017-11-04 09:00:00