އައްޑޫސިޓީ ކައުންސިލްގެ އިދާރާ

"އައްޑޫ ފެސްޓިވް މީލް ޗެލެންޖް 2016" ކުރިމަތިލުން

22 އޮކްޓޯބަރ 2016     7 years ago


"އައްޑޫ ފެސްޓިވް މީލް ޗެލެންޖް 2016" އަށް ކުރިމަތިލުން

 

ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި، އިންޓަރނޭޝަނަލް ޝެފް ޑޭ ފާހަގަކުރުމުގެ ގޮތުން އައްޑޫ ވިމެންސް ޑިވެލޮޕްމަންޓް ކޮމިޓީ އާއި ޝެފް ގިލްޑް އޮފް މޯލްޑިވްސް ގުޅިގެން " އައްޑޫ ފެސްޓިވް މީލް ޗެލެންޖް 2016" ގެ ނަމުގައި 29 އޮކްޓޫބަރު 2016 ގައި ޙަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

 މިޙަރަކާތްތަކުގެ ތެރޭގައި 29 އޮކްޓޫބަރ 2016 ގައި "އާޓް އޮން ޕްލޭޓް" ގެ ނަމުގައި ސްކޫލުތަކުގެ ދަރިވަރުންނަށް މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. އަދި " އައްޑޫ ފެސްޓިވް މީލް ޗެލެންޖް 2016" ގެނަމުގައި ބާއްވާ މުބާރާތަކީ، އައްޑޫ ސިޓީގެ އަވަށްތަކުގެ އަންހެންކަނބަލުންނަށް ޚާއްސަކުރެވިގެން ބާއްވާ ކެއްކުމުގެ މުބާރާތެކެވެ. މި މުބާރާތުގައި އައްޑޫ ސިޓީގެ މުއައްސަސާތަކާއި، ޖަމްޢިއްޔާ ޖަމާޢަތް ތަކުގެ ނަމުގައިވެސް ޓީމްތައް (އަންހެން ކަނބަލުން)  ބައިވެރި ކުރެވިދާނެއެވެ. މިމުބާރާތުގައި ބައިވެރިވެވޭނީ 05 މެމްބަރުން ހިމެނޭ ޓީމްއަކުންނެވެ. މުބާރާތުން އެއްވަނައަށް ދާ ޓީމަށް މިލްކުވާ ތަށްޓާއި 5000.00ރ (ފަސް ހާސް ރުފިޔާ)  ގެ އިނާމް، ދެވަނަ އަށް ދާ ޓީމަށް 2500.00ރ (ދެހާސް ފައްސަތޭކަ ރުފިޔާ) ގެ އިނާމް އަދި ތިންވަނަ އަށް ދާ ޓީމަށް 1500.00ރ (ފަނަރަ ސަތޭކަ ރުފިޔާ) ގެ އިނާމް ހުށަހެޅިފައިވެއެވެ.

މިމުބާރާތުގައި ބައިވެރިވެވޭނީ ޖުމުލަ 24 ޓީމަކަށެވެ. ބައިވެރިވުމަށް އެދޭ ފަރާތްތަކަށް  20 އޮކްޓޫބަރު 2016 އިން ފެށިގެން އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިންނާއި އަވަށު އޮފީސްތަކުން އެޕްލިކޭޝަން ފޯމު ލިބެން ހުންނާނެއެވެ. އެޕްލިކޭޝަން ފޯމް ހުށަހެޅުމުގެ ފަހު ތާރީޚަކީ 25 އޮކްޓޫބަރު 2016 އެވެ. އިތުރު މަޢުލޫމާތު ހޯއަދެވުމަށް ގުޅުއްވާނީ 7784093 އަށެވެ.

19 މުޙައްރަމް 1438

20 އޮކްޓޫބަރު 2016



ބާވަތް: އިއުލާން

ނަންބަރ: (IUL)WDC(2)/2016/02

ޕަބްލިޝް ކުރި ތާރީޚް: 22-10-2016

ސުންގަޑި: 2016-10-25 14:00:00