އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ފޭދޫ އަވަށު އޮފީހުގެ ދޮރުފޮތި ހަދައި ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް

2 ނޮވެމްބަރ 2017     3 weeks ago


އިޢުލާން

 

ފޭދޫ އަވަށު އޮފީހުގެ ދޮރުފޮތި ހަދައި ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު : (IUL)426-AA/426/2017/152 އިޢުލާނަށް އެކަށީގެންވާ އިޖާބައެއް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ. 

ވީމާ، މި މަސައްކަތް މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 09 ނޮވެންބަރު 2017 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 15 ނޮވެންބަރު 2017 ވާ ބުދަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.            

ކަނޑައެޅިފައިވާ ގަޑީގެފަހުން ވަޑައިގަންނަވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބައިވެރިނުވެވޭނެއެވެ. އަދި  މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅު މުގެ ފުރުސަތު ވެސް ނުދެވޭނެ އެވެ.

13  ޞަފަރު 1439ހ.

02 ނޮވެންބަރު2017މ.



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2017/156

ޕަބްލިޝް ކުރި ތާރީޚް: 02-11-2017

ސުންގަޑި: 2017-11-09 11:00:00