އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ވަޒީފާގެ ފުރުޞަތު (މެނޭޖަރ) - އައްޑޫ ޕީޕަލްސް ކޯޕަރޭޓިވް ސޮސައިޓީ

13 ނޮވެމްބަރ 2017     6 years ago


ވަޒީފާގެ ފުރުސަތު

މަޤާމު:

މެނޭޖަރ

ބޭނުންވާ ޢަދަދު:

01 (އެކެއް)

ގިންތި:

ކޮންޓްރެކްޓް

މަޤާމް އޮތް އޮފީސް:

އައްޑޫ ޕީޕަލްސް ކޯޕަރޭޓިވް ސޮސައިޓީ

ވަޒީފާ އަދާކުރަންޖެހޭ ތަން:

އައްޑޫ ޕީޕަލްސް ކޯޕަރޭޓިވް ސޮސައިޓީގެ އޮފީހުގައި ނުވަތަ ކޯޕަރޭޓިވްއިން ކަނޑައަޅާތަނެއްގައި

މުސާރަ:

މަހަކު /-10000 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު /-2000 ރުފިޔާ

އިތުރު ޢިނާޔަތްތައް:

  1. ނޮން ޕްރެކްޓިސް އެލަވެންސް މުސާރައިގެ 1/3
  2. ފޯން އެލަވެންސް -/550
  3. ހާޒިރި އެލަވެންސް ހާޒިރުވާ ރަސްމީ ދުވަހަކަށް -/100
  4. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މިކޯޕަރޭޓިވްގެ ހިންގާ ކޮމިޓީގެ ލަފާގެމަތިން ކޯޕަރޭޓިވްގެ އެންމެހާ ވިޔަފާރިތަކާއި މުވައްޒަފުންގެ އެންމެހާ ކަންކަން ބެލެހެއްޓުން.
  2. ކޯޕަރޭޓިވްގެ ވިޔަފާރި ހިންގުމަށް ބޭނުންވާ ލަފައާއި މަޝްވަރާ ހިންގާ ކޮމީޓީއަށް އެރުވުން.
  3. ކޯޕަރޭޓިވްގެ ވިޔަފާރީގެ ޕްލޭން ތައްޔާރުކުރުމާއި ހިންގާ ކޮމީޓީގެ މަޝްވަރާއާއެކު އެ ޕްލޭން ތަންފީޒުކުރުން.
  4. ހިންގާ ކޮމިޓީން ޙަވާލުކުރާ މަސައްކަތްތައް ކަނޑައަޅާ ތާރީޚްތަކަށް ނިންމުން.
  5. ކޯޕަރޭޓިވްގެ ވިޔަފާރި ތަރައްޤީކޮށް ކުރިއެރުވުމަށް ބޭނުންވާ ސްޓްރެޓިޖީތަކާއި އުސޫލުތައް އެކުލަވާލައި، އެއާ އެއްގޮތަށް މަސައްކަތްތައް ބައްޓަންކުރުން.
  6. ކޯޕަރޭޓިވްއިން ހިންގާ އެންމެހާ ވިޔަފާރިތައް ސުޕަވައިޒްކޮށް ރަނގަޅުކުރަންޖެހޭކަންކަން ބަލައި އެކަށީގެންވާ ފިޔަވަޅު އެޅުން.
  7. ކޯޕަރޭޓިވްގެ ޑެއިލީ އޮޕަރޭޝަންސް މެނޭޖްކުރުން.
  8. ކޯޕަރޭޓިވްގެ ފަރާތުން އެކި އިދާރާތަކަށް ހުށަހަޅަންޖެހޭ ރިޕޯޓުތައް ޤަވާޢިދުން ހުށަހެޅުން.
  9. މީގެ އިތުރުންވެސް ކޯޕަރޭޓިވްގެ ހިންގާ ކޮމިޓީ އަދި ސަބްކޮމިޓީތަކުން ޙަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުތުތައް

  1. ބިޒްނަސް ނުވަތަ ބިޒްނަސް މެނޭޖްމަންޓް ނުވަތަ އެކައުންޓިންގ އެންޑް ފައިނޭންސިންގ ނުވަތަ މާކެޓިންގ ދާއިރާއިން ދަށްވެގެން ބެޗެލަރސް ޑިގްރީ ހާސިލްކޮށްފައި ވުމާއިއެކު 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިން ސައްތަ: %20)
  2. މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިން ސައްތަ: %15)
  3. އިންޓަވިއު ކުރުމުގައި ބެލޭނެކަންކަން (ކަނޑައެޅިފައިވާ އިން ސައްތަ: % 65)
  • އެޕްޓިޓުއުޑް – 10
  • ޤާނޫނާއި ގަވާއިދަށް އަހުލުވެރިވެފައިވާ މިންވަރު – 10
  • ހިންގުމުގެ ހުނަރު - 10
  • ޕްރެޒެންޓޭޝަން - 35

ހުށަހަޅަންޖެހޭ ލިޔުންތައް

 

 

 

 

  1. ފުރިހަމަކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް އަދި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ އެޓެސްޓް ކޮށްފައިވާ ކޮޕީ (މި ފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ އެޓެސްޓް ކޮށްފައިވާ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ އެޓެސްޓް ކޮށްފައިވާ ކޮޕީ.
  2. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށްފައިވާ)

އިންޓަވިއު ބޭއްވޭނެ ތަނާއި ތާރިޚް:

އިންޓަވިއުއަށް ޙާޞިރު ވުމުގެ 24 ގަޑި ކުރިން (ބަންދު ދުވަސް ނުހިމަނައި) އިންޓަވިއު ބޭއްވޭނެ ތަނަކާއި ގަޑި އެންގޭނެއެވެ.

ސްކްރީން ކުރުމާއި ޝޯޓް ލިސްޓް ކުރުން:

- ވަޒީފާއަށް ކުރިމަތި ލައްވާ ބޭފުޅުން ސްކްރީން ކުރުމާއެކު، މަޤާމަށް އެދޭ ޝަރުތުހަމަވާ ފަރާތްތަކުގެ ޢަދަދު 05 އަށްވުރެ ގިނަނަމަ އެފަރާތްތައް، އެޑްމިން އެންޑް އެޗް.އާރ ކޮމިޓީއިން ޝޯޓްލިސްޓް ކުރެވޭނެ.

މިގޮތަށް ޝޯޓްލިސްޓް ކުރުމުގައު ބެލެވޭނެ ކަންތައްތަކަކީ:

  1. ލިބިފައިވާ ތަޢުލީމާއި ތަމްރީން 2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ 3. މަސައްކަތުގެ ހުނަރާއި ޤާބިލްކަން

 

- އިންޓަވިއު ނިމުމަށްފަހު ޝޯޓްލިސްޓް ކުރެވޭ 03 ފަރާތުން ހިންގާ ކޮމިޓީއަށް ޕްރެޒެންޓޭޝަނެއް ހުށަހަޅަން ޖެހޭނެއެވެ.

މަގާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއާއި އަވަށު އޮފީސްތަކުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ ވެބްސައިޓް www.adducity.gov.mv  މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަށްޖެހޭ ތަކެތި ހުށަހަޅާނީ 2017  ނޮވެންބަރު 20 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން އައްޑޫ ސިޓީ ކައުންސިލް އަށެވެ.  ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭއެވެ. އީމެއިލް އެޑްރެހަކީ [email protected]  އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އައްޑޫސިޓީ ކައުންސިލް އިދާރާގެ ނަންބަރު 6885003 ފޯނަށް ގުޅުއްވުން އެދެމެވެ



ބާވަތް: ވަޒީފާގެ ފުރުސަތު

ނަންބަރ: (IUL)APC-JB/2017/02

ޕަބްލިޝް ކުރި ތާރީޚް: 13-11-2017