އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މަރަދޫ އަވަށުއޮފީހުގައި ސެކިއުރިޓީ ހަޓެއް ހެދުމަށް

25 ނޮވެމްބަރ 2017     6 years ago


އިޢުލާން

 

މަރަދޫ އަވަށުއޮފީހުގައި ސެކިއުރިޓީ ހަޓެއް ހެދުމަށް ބޭނުންވެގެން މި އިދާރާއިން ކުރި ނަންބަރު (IUL)426-AA/426/2017/149  އިޢުލާނާއި ގުޅިގެން ހުށަހެޅިފައިވާ އަންދާސީހިސާބުތަކުގައި އަގު ބޮޑުކަމަށް ފެންނާތީ އެއިއުލާން ބާޠިލުކޮށް، އަލުން މި ފުރުޞަތު ހުޅުވާލަމެވެ. ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން މި އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

މި މަސައްކަތަށް ބޭނުންވާ މައުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ 2017 ނޮވެންބަރު 29 ވާ ބުދަ ދުވަހުގެ  13:00 ގައި މިއިދާރާގައެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 2017 ޑިސެންބަރު 5 ވާ އަންގާރަ ދުވަހުގެ 13:00 ގައި މިއިދާރާގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް ދެންނެވީމެވެ.

05 ރަބީޢުލްއައްވަލް 1439 

23 ނޮވެންބަރު 2017 



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2017/165

ޕަބްލިޝް ކުރި ތާރީޚް: 25-11-2017

ސުންގަޑި: 2017-11-29 13:00:00