އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީގެ ހުޅުދޫ " ކޯނަރޕާކް" ކެފޭ ހިންގި އިމާރާތް ކުއްޔަށް ދިނުމަށް

4 ޑިސެމްބަރ 2017     6 years ago


އިޢުލާން

 

 

އައްޑޫސިޓީގެ ހުޅުދޫ " ކޯނަރޕާކް" ކެފޭ ހިންގި އިމާރާތް ކުއްޔަށް ދިނުމަށް ކައުންސިލުންވަނީ ނިންމަވާފައެވެ. މި އިމާރާތް ކުއްޔަށް ދިނުމަށް ކައުންސިލުން ނިންމަވާފައިވަނީ 3 އަހަރާއި 5 އަހަރާ ދެމެދުގެ މުއްދަތަކަށެވެ. އަދި އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކާ ތަން ހަވާލުކުރާ ގޮތަށެވެ.

މި އިމާރާތަކީ ރެސްޓޯރެންޓެއްގެ ގޮތުގައި ކުރިން ހުޅުދޫ އަންހެނުންގެ ކޮމިޓީގެ ނަމުގައި ހިންގާފައިވާ ތަނެކެވެ. މިތަނުގައި ކުރަންޖެހޭ މަރާމާތުތައް އަމިއްލަ ތަކެތީގައި ކޮށް، މިތަނުގައި ކެފޭއެއް ނުވަތަ ރެސްޓޯރަންޓް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން މިތަން ބެއްލެވުމަށްފަހު ޕްރޮޕޯސަލް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މި އިމާރާތް ކުއްޔަށް ހިފާ ފަރާތުން މި ތަނާއި ގުޅިފައިވާ ކުޑަކުދިންގެ ޕާކް ބަލަހައްޓައި އެތަން މަރާމާތުކޮށް އަދި  ސާފުތާހިރުކޮށް ހަދަން ވާނެއެވެ.   

ޕްރޮޕޯސަލްގައި ކުއްޔަށް ހިފުމަށް ބޭނުންވާ މުއްދަތާއި، ކުލި އަދި ތަން ހިންގާނެގޮތުގެ ޕްލޭން ހިމަނާފައި އޮންނަންވާނެއެވެ. ޕްރޮޕޯސަލް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 14 ޑިސެންބަރު 2017 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައެވެ.

 

ޕްރޮޕޯސަލް އިވެލުއޭޓް ކުރުމުގައި މާކްސް ދޭނެ މިންގަނޑު:

ކުއްޔަށް ހިފާ މުއްދަތު: 20

ކުލި:            50

ތަން ތަރައްޤީކުރުމަށް ހުށަހަޅާގޮތް: 10

އިންވެސްޓްކުރާނެ މިންވަރު:      10

ކުޑަކުދިންގެ ޕާކް ބެލެހެއްޓުމަށް ހުށަހަޅާގޮތް: 10

16 ރަބީޢުލްއައްވަލް  1439 

04 ޑިސެންބަރު    2017



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2017/168

ޕަބްލިޝް ކުރި ތާރީޚް: 04-12-2017

ސުންގަޑި: 2017-12-14 13:00:00