އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ ކައުންސިލްގެ އިދާރާއަށް ޑިޖިޓަލް ނޯޓިސްބޯޑް ސޮފްޓްވެއަރއެއް ހޯދުމަށް

6 ޑިސެމްބަރ 2017     6 years ago


އިޢުލާން

 

އައްޑޫސިޓީ ކައުންސިލްގެ އިދާރާއަށް ޑިޖިޓަލް ނޯޓިސްބޯޑް ސޮފްޓްވެއަރ އެއް  ހޯދަން ބޭނުންވެއެވެ.  

ވީމާ، މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މި މަސައްކަތް ކޮށްދެން ޝައުޤުވެރިވާ ފަރާތްތަކުން  2017 ޑިސެންބަރު 12 ވާ އަންގާރަ ދުވަހުގެ  11:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 ޑިސެންބަރު 21 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތާއިގުޅޭ އިތުރު ތަފުޞީލުތައް މި އިދާރާގެ ވެބްސައިޓް www.adducity.gov.mv އިން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މިއިދާރާގެ ކޮންފަރެންސް ހޯލުގައެވެ. މަޢުލޫމާތު ސާފުކުރުމުގެ ސެޝަންގައި ބައިވެރިނުވާ ފަރާތަކަށް އަންދާސީހިސާބު ހުށަނޭޅުއްވޭނެއެވެ. އަދި  ކަނޑައެޅިފައިވާ ގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށްވެސް މަޢުލޫމާތު ދިނުމާއި އަންދާސީހިސާބު ބަލައިގަތުމުގެ ސެޝަންގައި ބައިވެރިނުވެވޭނެއެވެ. 

 

17 ރަބީޢުލް އައްވަލް 1439 

05 ޑިސެންބަރު    2017



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2017/169

ޕަބްލިޝް ކުރި ތާރީޚް: 06-12-2017

ސުންގަޑި: 2017-12-12 11:00:00