އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ސްޓޮކް އެންޑް އިންވެންޓްރީ މެނޭޖްމަންޓް ސިސްޓަމް ޑިޒައިންކޮށް ޑިވެލޮޕްކޮށްދޭނެ ފަރާތެއް ހޯދުމަށް

6 ޑިސެމްބަރ 2017     6 years ago


އިޢުލާން

 

އައްޑޫސިޓީ ކައުންސިލްގެ އިދާރާއަށް ބޭނުންވާ ސްޓޮކް އެންޑް އިންވެންޓްރީ މެނޭޖްމަންޓް ސިސްޓަމް ޑިޒައިންކޮށް ޑިވެލޮޕްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މި މަސައްކަތް ކޮށްދެން ޝައުޤުވެރިވާ ފަރާތްތަކުން  2017 ޑިސެންބަރު 12 ވާ އަންގާރަ ދުވަހުގެ  10:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 ޑިސެންބަރު 25 ވާ ހޯމަ ދުވަހުގެ 10:00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތާއިގުޅޭ އިތުރު ތަފުޞީލުތައް މި އިދާރާގެ ވެބްސައިޓް www.adducity.gov.mv އިން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ. 

މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މިއިދާރާގެ ކޮންފަރެންސް ހޯލުގައެވެ. މަޢުލޫމާތު ސާފުކުރުމުގެ ސެޝަންގައި ބައިވެރިނުވާ ފަރާތަކަށް އަންދާސީހިސާބު ހުށަނޭޅުއްވޭނެއެވެ. އަދި  ކަނޑައެޅިފައިވާ ގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށްވެސް މަޢުލޫމާތު ދިނުމާއި އަންދާސީހިސާބު ބަލައިގަތުމުގެ ސެޝަންގައި ބައިވެރިނުވެވޭނެއެވެ. 

 

17 ރަބީޢުލް އައްވަލް 1439 

05 ޑިސެންބަރު    2017



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2017/170

ޕަބްލިޝް ކުރި ތާރީޚް: 06-12-2017

ސުންގަޑި: 2017-12-12 10:00:00