އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ސޯލާޕެނަލް ހަރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ - އައްޑޫ ޕީޕަލްސް ކޯޕަރޭޓިވް

17 ޑިސެމްބަރ 2017     6 years ago


އިޢުލާން

 

އޭޕީސީގެ ސޯލާ ޕެނަލް ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު IUL)APC/2017/01) އިޢުލާނާ ގުޅިގެން ތިންފަރާތުން ބިޑް ހުށަހަޅާފައި ނުވާތީ، އެ އިޢުލާން ބާތިލްކޮށް މިފުރުސަތު އަލުން ހުޅުވާލަމެވެ.

ވީމާ، މިމަސައްކަތް މިކޯޕަރޭޓިވްއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 ޑިސެމްބަރު 2017 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް އައްޑޫސިޓީ ކައުންސިލް އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ކަރުދާސް އައްޑޫސިޓީ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެންހުންނާނެ ވާހަކަ ދެންނެވީމެވެ.

29 ރަބީޢުލްއައްވަލް 1439 ހ.

17 ޑިސެމްބަރ 2017 މ.



ބާވަތް: އިއުލާން

ނަންބަރ: (IUL)APC /2017/02

ޕަބްލިޝް ކުރި ތާރީޚް: 17-12-2017

ސުންގަޑި: 2017-12-21 10:00:00