އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީގެ މަރަދޫ، މަރަދޫފޭދޫ، ފޭދޫ އަދި ހިތަދޫ އަވަށްތަކުގައި އައުޓް ޑޯ ޖިމް ސެޓް ހަރުކުރުމުގެ މަސައްކަތް

26 އޮކްޓޯބަރ 2016     7 years ago


އައްޑޫސިޓީގެ މަރަދޫ، މަރަދޫފޭދޫ، ފޭދޫ އަދި ހިތަދޫ އަވަށްތަކުގައި އައުޓް ޑޯ ޖިމް ސެޓް ހަރުކުރުމުގެ މަސައްކަތް

 

     އައްޑޫސިޓީގެ މަރަދޫ، މަރަދޫފޭދޫ، ފޭދޫ އަދި ހިތަދޫ އަވަށްތަކުގައި އައުޓް ޑޯ ޖިމް ސެޓް ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.

     ވީމާ މިއިދާރާއިން ދޭ މަޢުލޫމާތާއި ކުރެހުމާއި އެއްގޮތަށް މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 02 ނޮވެމްބަރު 2016 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 09 ނޮވެމްބަރު 2016 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެއެވެ.

     މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ މިއިދާރާގެ ކޮންފަރެންސް ހޯލްގައެވެ. މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު  ބަލައިގަތުން ހަމަޖެހިފައިވާ ގަޑިއަށް މިއިދާރާގެ ކޮންފަރެންސް ހޯލަށް ވަޑައިނުގަންނަވާ ފަރާތްތަކަށް މިސެޝަންތަކުގައި ބައިވެރި ނުވެވޭނެ ވާހަކަ ދެންނެވީމެވެ.

25 މުޙައްރަމް 1438

26 އޮކްޓޯބަރު 2016



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2016/237

ޕަބްލިޝް ކުރި ތާރީޚް: 26-10-2016

ސުންގަޑި: 2016-11-09 11:00:00