އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ ކައުންސިލްގެ އިދާރާއަށް ޑިޖިޓަލް ނޯޓިސްބޯޑް ސޮފްޓްވެއަރއެއް ހޯދުމަށް

21 ޑިސެމްބަރ 2017     6 years ago


އިޢުލާން

 

މިއިދާރާއަށް ޑިޖިޓަލް ނޯޓިސްބޯޑް ސޮފްޓްވެއަރ އެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު: (IUL)426-AA/426/2017/169 އިޢުލާނަށް އެކަށީގެންވާ އިޖާބައެއް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މި މަސައްކަތް ކޮށްދެން ޝައުޤުވެރިވާ ފަރާތްތަކުން  2017 ޑިސެންބަރު 28 ވާ ބުރާސްފަތި ދުވަހުގެ  10:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2018 ޖަނަވަރީ 04 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތާއިގުޅޭ އިތުރު ތަފުޞީލުތައް މި އިދާރާގެ ވެބްސައިޓް www.adducity.gov.mv އިން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މިއިދާރާގެ ކޮންފަރެންސް ހޯލުގައެވެ. މަޢުލޫމާތު ސާފުކުރުމުގެ ސެޝަންގައި ބައިވެރިނުވާ ފަރާތަކަށް އަންދާސީހިސާބު ހުށަނޭޅުއްވޭނެއެވެ. އަދި  ކަނޑައެޅިފައިވާ ގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށްވެސް މަޢުލޫމާތު ދިނުމާއި އަންދާސީހިސާބު ބަލައިގަތުމުގެ ސެޝަންގައި ބައިވެރިނުވެވޭނެއެވެ. 

 

03 ރަބީޢުލް އާޚިރާ 1439 

21 ޑިސެންބަރު 2017

 

ޑައުންލޯޑް އިޢުލާން



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2017/180

ޕަބްލިޝް ކުރި ތާރީޚް: 21-12-2017

ސުންގަޑި: 2017-12-28 10:00:00