އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ސްކޮލަރޝިޕް ފޮރ ހޮޓަލް މެނޭޖްމަންޓް ޓްރެއިނިންގ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު

26 ޑިސެމްބަރ 2017     6 years ago


ސްކޮލަރޝިޕް ފޮރ ހޮޓަލް މެނޭޖްމަންޓް ޓްރެއިނިންގ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު

 

އިންޑިއާގެ ތާޖް ހޮޓަލްސް ގްރޫޕުން ހިންގުމަށް ހަމަޖެހިފައިވާ، 'ސްކޮލަރޝިޕް ފޮރ ހޮޓަލް މެނޭޖްމަންޓް ޓްރެއިނިންގ' ޕްރޮގްރާމްގައި 2 ކެންޑިޑޭޓަކު ނޮމިނޭޓުކުރުމުގެ ފުރުޞަތު މި އިދާރާއަށް ވަނީ ލިބިފައެވެ. ވީމާ، މި ސްކޮލަރޝިޕްގައި ބައިވެރިވުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލަމެވެ.

ސްކޮލަރޝިޕާ ގުޅޭ މަޢުލޫމާތު

ސްކޮލަރޝިޕްގެ ނަން

ސްކޮލަރޝިޕް ފޮރ ހޮޓަލް މެނޭޖްމަންޓް ޓްރެއިނިންގ

ސްކޮލަރޝިޕަށް ފުރުޞަތުދެވޭ ޢަދަދު

2 ޖާގަ

މުއްދަތު

06 މަސް

ޝަރުޠު

  • ހޮސްޕިޓާލިޓީގެ ދާއިރާގައި ކިޔަވަމުންދާ، ނުވަތަ
  • ހޮސްޕިޓާލިޓީގެ ދާއިރާއިން އެޑްވާންސް، ޑިޕްލޮމާ ނުވަތަ ޑިގްރީ ހާޞިލްކޮށްފައިވުން.

ޓްރެއިނިންގ ޕްރޮގްރާމް ބާއްވާ ތަން

އިންޑިއާ

ސުންގަޑި

03 ޖަނަވަރީ 2018 (ބުދަ) ދުވަހުގެ 14:00

ހުށަހަޅަންޖެހޭ ލިޔުންތައް

  • ސްކޮލަރޝިޕަށް އެދި ހުށަހަޅާ ފަރާތުގެ ސިޓީ
  • އައި.ޑީ ކާޑުގެ ދެފުށުގެ ސާފު ކޮޕީ
  • ވަނަވަރު
  • ސަނަދުތަކުގެ ސާފު ކޮޕީ
  • ކިޔަވަމުންދާ ދަރިވަރެއްނަމަ، ކޮލެޖް/އިންސްޓިޓިއުޓުން ދޫކޮށްފައިވާ ކިޔަވަމުންދާ ކަމުގެ ލިޔުން
  • މަސައްކަތުގެ ތަޖުރިބާ ހުރިނަމަ، އެކަން އަންގައިދޭ ލިޔުން

ސްކޮލަރޝިޕްގެ ބައިވެރިން ހޮވުން

ސްކޮލަރޝިޕްގައި ބައިވެރިވުމަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ނޮމިނޭޓުކުރާނެ ކެންޑިޑޭޓުން ކަނޑައަޅާނީ އައްޑޫސިޓީ ކައުންސިލްގެ އިދާރާއިންނެވެ. މިއިދާރާއިން ސްކޮލަރޝިޕަށް ކެންޑިޑޭޓުން ނޮމިނޭޓުކުރުމަށްފަހު ފޮނުވިކަމުގައިވިޔަސް، ފުރުޞަތު ދިނުމަށް ނިންމާނީ ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީއިންނެވެ.

 

08 ރަބީޢުލްއާޚިރު 1439

26 ޑިސެންބަރު 2017



ބާވަތް: އިއުލާން

ނަންބަރ: (IUL)426-CB/426/2017/184

ޕަބްލިޝް ކުރި ތާރީޚް: 26-12-2017

ސުންގަޑި: 2018-01-03 14:00:00