އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީގެ ހުޅުދޫއަވަށު ފުޓްބޯޅަދަނޑުގައި ލައިޓްޕޯސްޓް ހަރުކޮށް ކަރަންޓު ގުޅައިދިނުމުގެ މަސައްކަތް

15 ޖެނުއަރީ 2018     6 years ago


އިޢުލާން

 

އައްޑޫސިޓީގެ ހުޅުދޫއަވަށު ފުޓްބޯޅަދަނޑުގައި ލައިޓްޕޯސްޓް ހަރުކޮށް ކަރަންޓުގުޅައިދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެގެން ކުރި ނަމްބަރު (IUL)426-AA/426/2017/177 އިޢުލާނާއި ގުޅިގެން ހުށަހެޅިފައިވާ ބީލަންތައް ބަލައިގަތުމުގައި ދިމާވި ބައެއް އިދާރީ މައްސަލަތަކާއި ގުޅިގެން، އެ އިޢުލާން ބާޠިލުކޮށް އަލުން މި ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ދިނުން އޮންނާނީ، 18 ޖެނުއަރީ 2018 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި  ހުޅުދޫއަވަށު އޮފީހުގައާއި، މި އިދާރާގެ  ކޮންފަރެންސް ހޯލްގައެވެ. ހުޅުދޫއަވަށު އޮފީހުން މައުލޫމާތު ސާފުކުރި ފަރާތްތަކުން އަންދާސީހިސާބު ހުށަހަޅުއްވާނީ، ހުޅުދޫއަވަށު އޮފީހަށެވެ. މި އިދާރާއިން މައުލޫމާތު ސާފުކުރި ފަރާތްތަކުން އަންދާސީހިސާބު ހުށަހަޅުއްވާނީ މި އިދާރާއަށެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 22 ޖެނުއަރީ 2018 ވާ ހޯމަ ދުވަހުގެ 10:00 ގައެވެ.

މަޢުލޫމާތު ދިނުމަށާއި އަންދާސީހިސާބު ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް މިސެޝަންތަކުގައި ބައިވެރި ނުވެނޭނެވާހަކަ ދެންނެވީމެވެ.

28  ރަބީޢުލްއާޙިރު  1439

15  ޖެނުއަރީ 2018



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2018/4

ޕަބްލިޝް ކުރި ތާރީޚް: 15-01-2018

ސުންގަޑި: 2018-01-18 10:00:00