އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫ މޫލެކެޑެ ސަރަހައްދުގެ ފަންނު ތަކަށް އަރާ ފޭބުމަށް ފަސޭހަވާނެހެން ސިޑިތަކެއް ހެދުމަށް

27 މާރޗް 2018     6 years ago


އިޢުލާން

 

އައްޑޫސިޓީ ހިތަދޫ މޫލެކެޑެ ސަރަހައްދުގެ ފަންނު ތަކަށް އަރާ ފޭބުމަށް ފަސޭހަވާނެހެން ސިޑިތަކެއް ހަދަންބޭނުންވެ ކުރެވުނު ނަންބަރު: (IUL)426-AA/426/2018/25 އިޢުލާނަން އެކަށީގެންވާ އަދަދަށް އަންދާސީ ހިސާބު ހުށަހާޅާފައިނުވާތީ މިއިޢުލާން ބާޠިލުކޮށް މިމަސައްކަތަށ އަލުން ފުރުސަތު ހުޅުވާލަމެވެ.

މި މަސައްކަތާއި ގުޅޭ ބީލަންފޯމް 2018 މާރިޗު 28 ވާ ބުދަ ދުވަހުގެ10:00ން ފެށިގެން 2018 އެޕްރީލް 04 ވާ ބުދަ ދުވަހުގެ 12:00ށް މިއިދާރާއިން ގަންނަން ލިބެން ހުންނާނެއެވެ. ބީލަން ފޯމެއްގެ އަގަކީ 300ރ (ތިން ސަތޭކަ ރުފިޔާ) އެވެ. ބީލަން ހުޅުވުން އޮންނާނީ 2018 އެޕްރީލް 09 ވާ ހޯމަ ދުވަހުގެ 11:00 ގައި ކައުންސިލް އިދާރާގައެވެ.

ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަންޖެހޭ ކަމަށްވާނަމަ 2018 މާރިޗު 28 ވާ ބުދަ ދުވަހުން ފެށިގެން 2018 އެޕްރީލް 05 ވާ ބުރާސްފަތި ދުވަހުގެ 12:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު، 2018 އެޕްރީލް 05 ވާ ބުރާސްފަތިދުވަހުގެ 16:00 ގެ ކުރިން، ބިޑް ބައްލަވައިގަންނަވާ ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ.

އީމެއިލް: [email protected]

ކޮޕީ :  [email protected]   

09 ރަޖަބު 1439 

26 މާރިޗު 2018



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2018/29

ޕަބްލިޝް ކުރި ތާރީޚް: 27-03-2018

ސުންގަޑި: 2018-04-04 12:00:00