އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހުޅުދޫ އަވަށު ފުޓްބޯޅަދަނޑުގައި ލައިޓްޕޯސްޓް ހަރުކޮށް ކަރަންޓު ގުޅައިދިނުމުގެ މަސައްކަތް ކޮށްދޭނެފަރާތެއް ހޯދުމަށް

26 އެޕްރީލް 2018     4 weeks ago


އިޢުލާން

 

 

އައްޑޫސިޓީގެ ހުޅުދޫ އަވަށު ފުޓްބޯޅަދަނޑުގައި ލައިޓްޕޯސްޓް ހަރުކޮށް ކަރަންޓު ގުޅައިދިނުމުގެ މަސައްކަތް  ކޮށްދޭނެފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)426-AA/426/2018/4 އިޢުލާނަން ބީލަންތައް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ބީލަން ކާމިޔާބު ކުރި ފަރާތުން މަސައްކަތް ހަވާލުވުމަށް ދެވުނު ފުރުސަތުތަކަށް އިޖާބަދީފައި ނުވާތީ އިސްވެދެންނެވުނު އިޢުލާން ބާޠިލުކޮށް މިމަސައްކަތަށް އަލުން ފުރުސަތު ހުޅުވާލަމެވެ.

މި މަސައްކަތާއި ގުޅޭ ބީލަން ފޯމް 2018 އެޕްރީލް 29 ވާ އާދިއްތަ ދުވަހުގެ 10:00 ފެށިގެން 2018 މޭ 03 ވާ ބުރާސްފަތި ދުވަހުގެ 12:00 ނިޔަލަށް މިއިދާރާއިން އަދި ހުޅުދޫ އަވަށު އޮފީހުން ގަންނަން ލިބެން ހުންނާނެއެވެ. ބީލަން ފޯމެއްގެ އަގަކީ 300ރ (ތިން ސަތޭކަ ރުފިޔާ) އެވެ. ބީލަން ހުޅުވުން އޮންނާނީ 2018 މޭ 07 ވާ ހޯމަ ދުވަހުގެ 12:00 ގައި ކައުންސިލް އިދާރާގެ ޖަލްސާކުރާ ހޯލު އަދި ހުޅުދޫ އަވަށު އޮފީހުގައެވެ.

ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަންޖެހޭ ކަމަށްވާނަމަ 2018 އެޕްރީލް 29 ވާ އާދިއްތަ ދުވަހުން ފެށިގެން 2018 މޭ 06 ވާ އާދިއްތަ ދުވަހުގެ 10:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު، 2018 މޭ 06 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން، ބިޑް ބައްލަވައިގަންނަވާ ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

ހުށަހެޅޭ ބީލަންތައް އިވެލުއޭޓުކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ.

އީމެއިލް:  [email protected]

ކޮޕީ :   [email protected]   

10 ޝައުބާން 1439 

26 އެޕްރީލް 2018



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2018/38

ޕަބްލިޝް ކުރި ތާރީޚް: 26-04-2018

ސުންގަޑި: 2018-05-03 12:00:00