އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީގައި ހިންގާ އެޑްވާންސް ޕޭސްޓްރީ ކޯހަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

12 ޖުލައި 2018     5 years ago


އިޢުލާން

 

 

އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ، އައްޑޫސިޓީގެ އަންހެން ބޭފުޅުންނަށް އަމާޒުކޮށްގެން ބާއްވާ އެޑްވާންސް ޕޭސްޓްރީ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު އާއްމުކޮށް ހުޅުވާލަމެވެ. އެގޮތުން އައްޑޫސިޓީގައި ހިންގާ މިކޯހަށް ކޮންމެ ދާއިރާއަކަށް 10 ފުރުޞަތު ދިނުމަށްވަނީ ހަމަޖެހިފައެވެ. ކޯހުގައި ބައިވެރިވުމުގެ ފީއެއްގެ ގޮތުގައި -/700ރުފިޔާގެ ފީއެއް ނެގޭނެއެވެ.

   ފޯމް ދޫކުރާނީ، 15 ޖުލައި 2018 ވާ އާދީއްތަ ދުވަހު ހެނދުނު 11:30 އިން ފެށިގެން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އޮފީހުންނެވެ. ހުޅުދޫ އަދި މީދޫ ދާއިރާގެ ފޯމްތައް ދޫކުރުމާއި ބަލައިގަންނާނީ މިދާއިރާ ތަކުގެ އަވަށު އޮފީހުންނެވެ.

   ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 22 ޖުލައި 2018 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދު ވުމުގެ ކުރިން އައި،ޑީ،ކާޑްގެ ކޮޕީއާއިއެކު، ފޯމް ހުށަހެޅުއްވުން އެދެމެވެ.

 

28 ޝައްވާލް 1439

12 ޖުލައި 2018



ބާވަތް: އިއުލާން

ނަންބަރ: (IUL)WDC(2)/2018/06

ޕަބްލިޝް ކުރި ތާރީޚް: 12-07-2018

ސުންގަޑި: 2018-07-22 14:00:00