އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީ ހިތަދޫ އަދި މަރަދޫ އަވަށު ފަތާ ސަރަހައްދުގައި ޗޭންޖިންގ ރޫމް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

31 ޖުލައި 2018     5 years ago


އިޢުލާން

 

އައްޑޫ ސިޓީ ހިތަދޫ އަދި މަރަދޫ އަވަށު ފަތާ ސަރަހައްދުގައި ޗޭންޖިންގ ރޫމް ހެދުމުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)426-AA/426/2018/46 އިޢުލާނާއި ގުޅިގެން އެކަށީގެންވާ އަދަދަށް ބީލަން ހުށަހަޅާފައިނުވާތީ، މިދެންނެވުނު އިޢުލާން ބާޠިލުކޮށް އަލުން މި ފުރުޞަތު ހުޅުވާލަމެވެ.

ވީމާ މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށްއެދި ބިޑް ހުށަހެޅުއްވުންއެދެމެވެ. ބިޑް ވިއްކުން އޮންނާނީ 2018 އޯގަސްޓް 01 ވާ ބުދަ ދުވަހުގެ ހެނދުނު 10:00ން ފެށިގެން 2018 އޯގަސްޓް 07 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00އާއި ހަމަޔަށް އައްޑޫސިޓީ ކައުންސިލްގެ އިދާރާއިންނެވެ. ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 300.00ރ (ތިންސަތޭކަ ރުފިޔާ)އެވެ.

ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2018 އޯގަސްޓް 09 ވާ ބުރާސްފަތި ދުވަހުގެ 11:00ގައި ކައުންސިލްގެ އިދާރާގެ ހޯލްގައެވެ.

ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2018 އޮގަސްޓް 01 ވާ ބުދަ ދުވަހުން ފެށިގެން 2018 އޯގަސްޓް 08 ވާ ބުދަ ދުވަހުގެ 12:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު، 2018 އޯގަސްޓް 08 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ.

އީމެއިލް:  [email protected]   

ކޮޕީ :  [email protected]

18 ޒުލްޤައިދާ 1439 

31 ޖުލައި 2018



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2018/55

ޕަބްލިޝް ކުރި ތާރީޚް: 31-07-2018

ސުންގަޑި: 2018-08-07 12:00:00