އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީގެ ހިތަދޫއަވަށު އާރިކިޅި ހުރަސްކުރެވޭނެހެން ބްރިޖެއް ހެދުމަށް

30 އޯގަސްޓް 2018     2 years ago


އިޢުލާން

 

އައްޑޫ ސިޓީގެ ހިތަދޫއަވަށު އާރިކިޅި ހުރަސްކުރެވޭނެހެން ބްރިޖެއް ހަދަން ބޭނުންވެއެވެ.

ވީމާ މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށްއެދި ބިޑް ހުށަހެޅުއްވުންއެދެމެވެ. ބިޑް ވިއްކުން އޮންނާނީ 2018 އޯގަސްޓް 30 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00ން ފެށިގެން 2018 ސެޕްޓެމްބަރ 06 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00އާއި ހަމަޔަށް އައްޑޫސިޓީ ކައުންސިލްގެ އިދާރާއިންނެވެ. ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 300.00ރ (ތިންސަތޭކަ ރުފިޔާ)އެވެ.

ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2018 ސެޕްޓެމްބަރ 10 ވާ ހޯމަ ދުވަހުގެ 11:00ގައި ކައުންސިލްގެ އިދާރާގެ ހޯލްގައެވެ.

ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2018 އޯގަސްޓް 30 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2018 ސެޕްޓެމްބަރ 06 ވާ ބުރާސްފަތި ދުވަހުގެ 12:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު، 2018 ސެޕްޓެމްބަރ 09 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ.

އީމެއިލް:  [email protected]   

ކޮޕީ :  [email protected]

18 ޛުލްޙިއްޖާ 1439 

29 އޯގަސްޓް 2018ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2018/61

ޕަބްލިޝް ކުރި ތާރީޚް: 30-08-2018

ސުންގަޑި: 2018-09-06 12:00:00