އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީގެ ހިތަދޫއަވަށު އާރިކިޅި ހުރަސްކުރެވޭނެހެން ބްރިޖެއް ހެދުމަށް

17 ސެޕްޓެމްބަރ 2018     2 years ago


އިޢުލާން

 

އައްޑޫ ސިޓީގެ ހިތަދޫއަވަށު އާރިކިޅި ހުރަސްކުރެވޭނެހެން ބްރިޖެއް ހަދަން ބޭނުންވެ ކުރެވުނު ނަންބަރު: (IUL)426-AA/426/2018/61 އިޢުލާނަން އެކަށީގެންވާ އަދަދަށް އަންދާޒީ ހިސާބު ހުށަހެޅިފައިނުތީ މިދެންނެވުނު އިޢުލާން ބާޠިލުކޮށް މިމަސައްކަތަށް އަލުން ފުރުސަތު ހުޅުވާލަމެވެ.

ވީމާ މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށްއެދި ބިޑް ހުށަހެޅުއްވުންއެދެމެވެ. ބިޑް ވިއްކުން އޮންނާނީ 2018 ސެޕްޓެންބަރު 19 ވާ ބުދަ ދުވަހުގެ ހެނދުނު 10:00ން ފެށިގެން 2018 ސެޕްޓެންބަރު 25 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00އާއި ހަމަޔަށް އައްޑޫސިޓީ ކައުންސިލްގެ އިދާރާއިންނެވެ. ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 300.00ރ (ތިންސަތޭކަ ރުފިޔާ)އެވެ.

ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2018 ސެޕްޓެންބަރު 27 ވާ ބުރާސްފަތި ދުވަހުގެ 10:00ގައި ކައުންސިލްގެ އިދާރާގެ ހޯލްގައެވެ.

ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2018 ސެޕްޓެންބަރު 19 ވާ ބުދަ ދުވަހުން ފެށިގެން 2018 ސެޕްޓެންބަރު 26 ވާ ބުދަ ދުވަހުގެ 12:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު، 2018 ސެޕްޓެންބަރު 26 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ.

އީމެއިލް:  [email protected]   

ކޮޕީ :  [email protected]

07 މުޙައްރަމް 1440 

17 ސެޕްޓެންބަރު 2018ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2018/71

ޕަބްލިޝް ކުރި ތާރީޚް: 17-09-2018

ސުންގަޑި: 2018-09-25 12:00:00