އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ މަރަދޫ އަވަށު އޮފީހުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

24 ސެޕްޓެމްބަރ 2018     3 weeks ago


އިޢުލާން

 

އައްޑޫސިޓީ މަރަދޫ އަވަށު އޮފީހުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން   ކުރެވުނު ނަންބަރު: (IUL)426-AA/426/2018/69 އިޢުލާނަށް އެކަށީގެންވާ އިޖާބައެއް ލިބިފައިނުވާތީ، މިދެންނެވުނު އިޢުލާން ބާޠިލުކޮށް މިމަސައްކަތަށް އަލުން ފުރުސަތު ހުޅުވާލަމެވެ.

ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިކަމަށްއެދި ބިޑް ހުށަހެޅުއްވުންއެދެމެވެ. މިކަމަށް އެދި ހުށަހަޅާ ބިޑް ޑޮކިއުމަންޓް 25 ސެޕްޓެމްބަރ 2018 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00ން ފެށިގެން 2 އޮކްޓޯބަރ 2018 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00އާއި ހަމަޔަށް އައްޑޫސިޓީ ކައުންސިލްގެ އިދާރާއިން ގަންނަން ލިބެން ހުންނާނެއެވެ. ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 300.00ރުފިޔާ އެވެ.

ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 4 އޮކްޓޯބަރ 2018 ވާ ބުރާސްފަތި ދުވަހުގެ 11:00ގައި ކައުންސިލްގެ އިދާރާގެ ހޯލުގައެވެ.

ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 25 ސެޕްޓެމްބަރ 2018 ވާ އަންގާރަ ދުވަހުން ފެށިގެން 3 އޮކްޓޯބަރ 2018 ވާ ބުދަ ދުވަހުގެ 10:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު، 3 އޮކްޓޯބަރ 2018 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ.

އީމެއިލް: [email protected]

ކޮޕީ :  [email protected]   

 

14 މުހައްރަމް 1440

24 ސެޕްޓެމްބަރ 2018



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2018/74

ޕަބްލިޝް ކުރި ތާރީޚް: 24-09-2018

ސުންގަޑި: 2018-10-02 13:00:00