އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީގެ މަރަދޫއަވަށު ޕާރކް ލޭންޑްސްކޭޕް ކުރުމުގެ 2 ވަނަ ފޭސްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

27 ސެޕްޓެމްބަރ 2018     8 months ago


އިޢުލާން

 

 

އައްޑޫ ސިޓީގެ މަރަދޫއަވަށު ޕާރކް ލޭންޑްސްކޭޕް ކުރުމުގެ 2ވަނަ ފޭސްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެ ކުރެވުނު ނަންބަރު: (IUL)426-AA/426/2018/68 އިޢުލާނަން އެއްވެސް ފަރާތަކުން މައުލޫމާތު ބަލައިގެންފައި ނުވާތީ މިދެންނެވުނު އިޢުލާން ބާޠިލުކޮށް މިމަސައްކަތަށް އަލުން ފުރުސަތު ހުޅުވާލަމެވެ.  

ވީމާ މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި ބިޑް ހުށަހެޅުއްވުން އެދެމެވެ. ބިޑް ވިއްކުން އޮންނާނީ 2018 ސެޕްޓެންބަރު 30 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00ން ފެށިގެން 2018 އޮކްޓޫބަރު 04 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00އާއި ހަމަޔަށް އައްޑޫސިޓީ ކައުންސިލްގެ އިދާރާއިންނެވެ. ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 300.00ރ (ތިންސަތޭކަ ރުފިޔާ)އެވެ.

ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2018 އޮކްޓޫބަރު 08 ވާ ހޯމަ ދުވަހުގެ 11:00ގައި ކައުންސިލްގެ އިދާރާގެ ހޯލްގައެވެ.

ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2018 ސެޕްޓެންބަރު 30 ވާ އާދިއްތަ ދުވަހުން ފެށިގެން 2018 އޮކްޓޫބަރު 07 ވާ އާދިއްތަ ދުވަހުގެ 12:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު، 2018 އޮކްޓޫބަރު 07 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ.

އީމެއިލް:  [email protected]   

ކޮޕީ :  [email protected]

17 މުހައްރަމް 1440 

27 ސެޕްޓެންބަރު 2018ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2018/75

ޕަބްލިޝް ކުރި ތާރީޚް: 27-09-2018

ސުންގަޑި: 2018-10-04 12:00:00