އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ ކައުންސިލް އިދާރާގެ މީޓީންގ ރޫމްތަކުގައި ބޭނުންކުރުމަށްޓަކައި ތަކެތި ގަންނަން

4 ޑިސެމްބަރ 2018     5 years ago


އިޢުލާން

 

އައްޑޫސިޓީ ކައުންސިލް އިދާރާގެ މީޓީންގ ރޫމްތަކުގައި ބޭނުންކުރުމަށްޓަކައި ތިރީގައި މި ދަންނަވާ ތަކެތި  ގަންނަން ބޭނުންވެއެވެ.

  • 100 އިންޗީގެ 01 ސްމާރޓް ޓީވީ
  • 52/55 އިންޗީގެ 01 ސްމާރޓް ޓީވީ

    މި މަސައްކަތާއި ގުޅޭ ބީލަންފޯމް 04 ޑިސެމްބަރު 2018 ވާ އަންގާރަ ދުވަހުގެ 10:30ން ފެށިގެން 11 ޑިސެމްބަރު 2018 ވާ އަންގާރަ ދުވަހުގެ 13:30ށް މިއިދާރާއިން ގަންނަން ލިބެން ހުންނާނެއެވެ. ބީލަން ފޯމެއްގެ އަގަކީ 300ރ (ތިން ސަތޭކަ ރުފިޔާ) އެވެ. ބީލަން ހުޅުވުން އޮންނާނީ 13 ޑިސެމްބަރު 2018 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ކައުންސިލް އިދާރާގައެވެ.

ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަންޖެހޭ ކަމަށްވާނަމަ 04 ޑިސެމްބަރު 2018 ވާ އަންގާރަ ދުވަހުން ފެށިގެން 12 ޑިސެމްބަރު 2018 ވާ ބުދަ ދުވަހުގެ 12:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު، 12 ޑިސެމްބަރު 2018 ވާ ބުދަ ދުވަހުގެ  14:00 ގެ ކުރިން، ބިޑް ބައްލަވައިގަންނަވާ ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ. ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ.

އީމެއިލް: [email protected]  

ކޮޕީ :    [email protected]

 

25  ރަބީޢުލްއައްވަލް 1440 

03 ޑިސެމްބަރު 2018



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2018/101

ޕަބްލިޝް ކުރި ތާރީޚް: 04-12-2018

ސުންގަޑި: 2018-12-11 13:30:00