އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކައުންސިލްގެ އިދާރާއަށް ބޭނުންވާ އެންޓެނާ ޕޯސްޓްތަކެއް ހެދުމަށް

5 ޑިސެމްބަރ 2018     1 week ago


އިޢުލާން

 

އައްޑޫ ސިޓީ ހުޅުދޫމީދޫ އަވަށު އޮފީހާއި މަރަދޫފޭދޫ އަވަށު އޮފީހާއި ދެމެދު އެއާރ ފައިބަރ ނެޓްވޯރކް ގާއިމުކުރުމަށްޓަކައި އެއާރ ފައިބަރ ޑިވައިސް ހަރުކުރުމަށް ބޭނުންވާ އެންޓެނާ ޕޯސްޓްތަކެއް ހެދުމަށް ބޭނުންވެއްޖެއެވެ.

ވީމާ މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށްއެދި ބިޑް ހުށަހެޅުއްވުންއެދެމެވެ. ބިޑް ވިއްކުން އޮންނާނީ 2018 ޑިސެންބަރު 10 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00ން ފެށިގެން 2018 ޑިސެންބަރު 16 ވާ އާދިއްތަ ދުވަހުގެ މެންދުރު 13:30އާއި ހަމަޔަށް އައްޑޫސިޓީ ކައުންސިލްގެ އިދާރާއިންނެވެ. ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 300.00ރ (ތިންސަތޭކަ ރުފިޔާ)އެވެ.

ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2018 ޑިސެންބަރު 18 ވާ އަންގާރަ ދުވަހުގެ 13:30ގައި ކައުންސިލްގެ އިދާރާގެ ހޯލްގައެވެ.

ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2018 ޑިސެންބަރު 10 ވާ ހޯމަ ދުވަހުން ފެށިގެން 2018 ޑިސެންބަރު 17 ވާ ހޯމަ ދުވަހުގެ 12:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު، 2018 ޑިސެންބަރު 17 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ.

އީމެއިލް:  [email protected]   

ކޮޕީ :  [email protected]

27 ރަބީއުލް އައްވަލު 1440 

05 ޑިސެންބަރު 2018



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2018/104

ޕަބްލިޝް ކުރި ތާރީޚް: 05-12-2018

ސުންގަޑި: 2018-12-16 13:30:00