އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ ކައުންސިލް އިދާރާގެ މީޓީންގ ރޫމްތަކުގައި ބޭނުންކުރުމަށްޓަކައި ތަކެތި ގަންނަން

13 ޑިސެމްބަރ 2018     5 years ago


އިޢުލާން

 

 

އައްޑޫސިޓީ ކައުންސިލް އިދާރާގެ މީޓީންގ ރޫމްތަކުގައި ބޭނުންކުރުމަށްޓަކައި 100 އިންޗީގެ 01 ސްމާރޓް ޓީވީ އަދި 52/55 އިންޗީގެ 01 ސްމާރޓް ޓީވީ ގަންނަން ބޭނުންވެގެން ކުރި ނަމްބަރު (IUL)426-AA/426/2018/101 އިއުލާނަށް އެކަށީގެންވާ އިޖާބައެއް ލިބިފައިނުވާތީ، މިދެންނެވުނު އިޢުލާން ބާޠިލުކޮށް، މި ތަކެތި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އެދި އަލުން ފުރުސަތު ހުޅުވާލަމެވެ.

  • 52/55 އިންޗީގެ 01 ސްމާރޓް ޓީވީ
  • 100 އިންޗީގެ 01 ސްމާރޓް ޓީވީ

     މި މަސައްކަތާއި ގުޅޭ ބީލަންފޯމް 16 ޑިސެމްބަރު 2018 ވާ އާދީއްތަ ދުވަހުގެ 10:30ން ފެށިގެން 23 ޑިސެމްބަރު 2018 ވާ އާދީއްތަ ދުވަހުގެ 13:30ށް މިއިދާރާއިން ގަންނަން ލިބެން ހުންނާނެއެވެ. ބީލަން ފޯމެއްގެ އަގަކީ 300ރ (ތިން ސަތޭކަ ރުފިޔާ) އެވެ.

      ބީލަން ހުޅުވުން އޮންނާނީ 25 ޑިސެމްބަރު 2018 ވާ އަންގާރަ ދުވަހުގެ 13:00 ގައި ކައުންސިލް އިދާރާގައެވެ.

ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަންޖެހޭ ކަމަށްވާނަމަ 16 ޑިސެމްބަރު 2018 ވާ އާދީއްތަ ދުވަހުގެ ފެށިގެން 24 ޑިސެމްބަރު 2018 ވާ ހޯމަ ދުވަހުގެ 12:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު، 24 ޑިސެމްބަރު 2018 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ބިޑް ބައްލަވައިގަންނަވާ ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ. ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ.

އީމެއިލް: [email protected]  

ކޮޕީ :    [email protected]

 

06  ރަބީޢުލްއާޙިރު 1440 

13 ޑިސެމްބަރު 2018



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2018/109

ޕަބްލިޝް ކުރި ތާރީޚް: 13-12-2018

ސުންގަޑި: 2018-12-23 13:30:00