އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ޢަމަލީ ޓެސްޓް ކުރާނެ އެގްޒަމިނަރުން ހޯދުމަށް

29 ޖެނުއަރީ 2019     5 years ago


އިޢުލާން

 

އައްޑޫސިޓީ ކައުންސިލް އިން ދޫކުރާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ ޓެސްޓް ކުރާނެ އެގްޒަމިނަރުން ބޭނުންވެއެވެ. އިމްތިހާން އޮންނާނީ ކައުންސިލް އިން ކަނޑައަޅާ ވަގުތުތަކުގައި ކަނޑައަޅާ ތަނެއްގައެވެ.  މި މަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުން ޕާޓް ޓައިމްކޮށް ކުރެވިދާނެ މަސައްކަތެކެވެ.

ބޭނުންވާ އަދަދު: 4

 

ޝަރުޠު އަދި ހުށަހަޅަންޖެހޭ ލިއުންތައް:                                                              

  • އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުމާއި، ލައިސަންސް ނެނގިފަހުން މަދުވެގެން 5 އަހަރުދުވަސް ވެފައިވުން،
  • އުމުރުން 55 އަހަރު ނުވާ މީހެއްކަމުގައި ވުމާއި، ރަނގަޅު ޞިއްޙަތެއްގައި ހުރުން،
  • ފާއިތުވި 5 އަހަރުދުވަހުގެ ތެރޭގައި ޓްރެފިކް ވަޔަރލޭޝަންގެ ކުށެއް ކޮށްފައިވާކަން ސާބިތުވެފައި ނުވުން، އަދި ޖިނާއީ  ކުށެއްކޮށްފައިވާ މީހެއްކަމުގައި ނުވުން،
  • އައްޑޫސިޓީ ކައުންސިލް ނުވަތަ ޓްރާންސްޕޯޓް އޮތޯރިޓީގައި ވަޒީފާ އަދާކުރާ މީހެއްކަމުގައި ނުވުން،
  • ޑްރައިވިންގ ސްކޫލެއްގައި އެއްވެސް ހައިސިއްޔަތަކުން މަސައްކަތްކުރާ މީހެއްކަމުގައި ނުވުމާއި،
  • ފުރިހަމަ ކޮށްފައިވާ ކުށުގެ ރިކޯޑް ފޯމު
  • އައިޑީކާޑު ކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ހުރި ކަމުގެ ލިއުން

 

  • : ޓެސްޓް ކުރާ ކޮންމެ A A1 ކެޓަގަރީގެ އުޅަނދަކަށް -/15 ރުފިޔާ

އެހެނިހެން ކެޓަގަރީގެ ޓެސްޓްކުރާ ކޮންމެ އުޅަނދަކަށް -/25 ރުފިޔާ

 

 

އެގްޒަމިނަރުން ނެގުމަށް މާކްސް ދިނުމުގައި ބަލާނެ ކަންކަން

 

- ތަޖުރިބާ އަށް            40 ޕަސެންޓް 

- ދުޅަހެޔޮ ސިއްހަތުގައި ހުރުން  20 ޕަސެންޓް 

- ކެޓަގަރީ               20 ޕަސެންޓް (އޭ ކެޓަގަރީ އަށް 10، އެހެނިހެން 10 ) 

- ޓްރަފިކް ވައިލޭޝަން       20 ޕަސެންޓް

 

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2019 ފެބްރުއަރީ 5 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ވަނަވަރާއެކު ސިޓީއަކުން އައްޑޫސިޓީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މެއިލް އިންވެސް ހުށަހެޅިދާނެއެވެ. މެއިލް ކުރައްވާނީ: [email protected]

 

23 ޖުމާދަލްއޫލާ 1440

29 ޖަނަވަރީ2019



ބާވަތް: ވަޒީފާގެ ފުރުސަތު

ނަންބަރ: (IUL)426-AB/426/2019/12

ޕަބްލިޝް ކުރި ތާރީޚް: 29-01-2019