އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީގެ މަރަދޫ އަވަށުގައި މަސްވެރިންގެ މައިޒާނެއް ހެދުމުގެ މަސައްކަތް.

8 ޑިސެމްބަރ 2016     7 years ago


އައްޑޫސިޓީގެ މަރަދޫ އަވަށުގައި މަސްވެރިންގެ މައިޒާނެއް ހެދުމުގެ މަސައްކަތް.

 

އައްޑޫސިޓީގެ މަރަދޫ އަވަށުގައި މަސްވެރިންގެ މައިޒާނެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.

 ވީމާ މިއިދާރާއިން ދޭ މަޢުލޫމާތާއި ކުރެހުމާއި އެއްގޮތަށް މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 12 ޑިސެމްބަރު 2016 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 18 ޑިސެމްބަރު 2016 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެއެވެ.          

މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ މިއިދާރާގެ ކޮންފަރެންސް ހޯލްގައެވެ. މަޢުލޫމާތު ދިނުމާއި ޕްރޮޕޯސަލް ބަލައިގަތުން ހަމަޖެހިފައިވާ ގަޑިއަށް މިއިދާރާގެ ކޮންފަރެންސް ހޯލަށް ވަޑައިނުގަންނަވާ ފަރާތްތަކަށް މިސެޝަން ތަކުގައި ބައިވެރި ނުވެވޭނެ ވާހަކަ ދެންނެވީމެވެ.

07 ރަބީޢުލްއައްވަލު 1438 

05 ޑިސެމްބަރު 2016



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2016/253

ޕަބްލިޝް ކުރި ތާރީޚް: 08-12-2016

ސުންގަޑި: 2016-12-18 11:00:00