އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ ހުޅުދޫމީދޫގައި ކުނިކޮއްޓެއްގެ ގޮތުގައި ކުރިން ބޭނުންކުރި ސަރަހައްދަށް ކުނި އެޅުން މަނާކުރުން

3 މާރޗް 2019     5 years ago


އިޢުލާން

 

 

އައްޑޫސިޓީ ހުޅުދޫމީދޫގެ ކުނި މެނޭޖުކުރުމުގެ މަސައްކަތް ކުރުމަށްޓަކައި، ސަރުކާރުގެ ފަރާތުން ކުނި މެނޭޖުކުރާ ސެންޓަރެއް ޤާއިމްކޮށް، ހުޅުދޫމީދޫގެ ކުނި މެނޭޖުކުރުމުގެ މަސައްކަތް 11 އެޕްރީލް 2017 ގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އާއި ޙަވާލުކުރެއްވުމާއި ގުޅިގެން، ހުޅުދޫމީދޫގެ ގޭބިސީތަކާއި، ވިޔަފާރިކުރާ ތަންތަން އަދި އެހެނިހެން މުއައްސަސާތަކުން ކުނިއުކާލަދިނުމުގެ ޚިދުމަތް ވެމްކޯގެ ފަރާތުން ދަނީ ކުރައްވަމުންނެވެ. އަދި މި ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން، ހުޅުދޫމީދޫގެ ގޭބިސީތަކުންނާއި އެހެނިހެން ތަންތަނުން އުފެދޭ ކުނީގެ އިތުރުން، ބޮޑެތި ކުނި ނަގައިދިނުމުގެ ޚިދުމަތް (ކޯލް އެންޑް ޕިކް-އަޕް ސަރވިސް) 2019 ފެބުރުވަރީ މަހުން ފެށިގެން ފައްޓަވާފައިވާ ކަމަށް ވެމްކޯގެ ފަރާތުން ވަނީ މަޢުލޫމާތު ދެއްވާފައެވެ.

ހުޅުދޫމީދޫގައި ކުނި މެނޭޖުކުރާ ސެންޓަރެއް ޤާއިމްކޮށް ޚިދުމަތްދޭން ފެށުމުގެ ކުރިން ކުނިއުކާލުމަށް ބޭނުންކުރި ސަރަހައްދު (ފެނަކަ ކޯޕަރޭޝަން ލިމިޓެޑް، ހުޅުދޫމީދޫ ބްރާންޗުގެ ސީވޭޖް ޓްރީޓް ޕްލާންޓް މިހާރު ޤާއިމްކޮށްފައިވާ ސެންޓަރުގެ ދެކުނުން އޮންނަ ސަރަހައްދު) ސާފުކުރުމުގެ މަސައްކަތް، ހުޅުދޫމީދޫ މުނިސިޕަލް ސަރވިސް އޮފީހާއި ކަމާބެހޭ އެހެނިހެން މުއައްސަސާތައް ގުޅިގެން ދަނީ ކުރަމުންނެވެ. މި ސަރަހައްދަށް އާންމު ބައެއް ފަރާތްތަކުން މިހާރުވެސް ކުނި އުކަމުންދާކަން ފާހަގަވެފައިވާތީ، 04 މާރިޗު 2019 ވަނަ ދުވަހުން ފެށިގެން މި ސަރަހައްދަށް ކުނި އުކުމަކީ މަނާ ކަމެއް ކަމުގައި ދަންނަވަމެވެ. އަދި އެއްވެސް ފަރާތަކުން އަމިއްލަ އަށް ވެމްކޯ ހުޅުދޫމީދޫ އައިލެންޑް ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ކުނިއުކުމުގެ މަސައްކަތް ކުރައްވަން ބޭނުންފުޅުވާނަމަ، އެ ސެންޓަރުގެ ފަރާތުން ހަމަޖައްސަވާފައިވާ އުޞޫލުތަކާއި އެއްގޮތަށް ޢަމަލުކުރެއްވުމަށް އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

26 ޖުމާދަލްއާޚިރާ 1440

03 މާރިޗު 2019



ބާވަތް: އިއުލާން

ނަންބަރ: (IUL)426-9B/426/2019/53

ޕަބްލިޝް ކުރި ތާރީޚް: 03-03-2019

ސުންގަޑި: 2019-03-04 00:00:00