އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ރައްޔިތުންގެ މަޖްލިސް އިންތިޚާބުގައި ވޯޓް ދިނުމަށްޓަކައި އައިޑީ ކާޑު ހެއްދުމާއި ގުޅޭ

18 މާރޗް 2019     5 years ago


އިޢުލާން

 

06 އެޕްރީލް 2019 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖްލިސްގެ އިންތިޚާބުގައި ވޯޓް ދިނުމަށްޓަކައި އައިޑީކާޑު ހެއްދުމަށް ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނަށް ހުށަހެޅޭނެ އެންމެ ފަހު ތާރީޚަކީ 25 މާރިޗް 2019 ކަމުގައި އެޑިޕާޓްމެންޓުން ވަނީ އަންގަވާފައެވެ. އެހެންކަމުން މުއްދަތު ހަމަވާން ކައިރިވެފައިވާ އައިޑީކާޑުތަކާއި ގެއްލުމެއްލިބި ހަލާކުވުމުގެ ސަބަބުން ހަދަންޖެހިފައިވާ އައިޑީކާޑުތައް 25 މާރިޗް 2019 ގެ ކުރިން ހެއްދެވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުން އެދެމެވެ. އަދި މިމުއްދަތުގެ ފަހުން ހުށަހެޅޭ އައިޑީކާޑުތައް ހެއްދުމުގައި ދަތިތަކެއް ދިމާވެ އައިޑީކާޑު ނުހެދި ލަސްވުމަކީ އެކަށީގެންވާ ކަމެއްކަމުގައި ދަންނަވަމެވެ.

      މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.

06  ރަޖަބު  1440                                 

     13   މާރިޗް  2019     



ބާވަތް: އިއުލާން

ނަންބަރ: (IUL)426-2B/426/2019/61

ޕަބްލިޝް ކުރި ތާރީޚް: 18-03-2019

ސުންގަޑި: 2019-03-25 14:00:00