އައްޑޫސިޓީ ކައުންސިލްގެ އިދާރާ

1440 ވަނަ އަހަރުގެ ރަމަޟާންމަހު އައްޑޫގެ މިސްކިތްތަކުގައި ތަރާވިޙު ނަމާދު ކުރައްވާނެ ރާއްޖޭން ބޭރުގެ ޙާފިޡުންނަށް ހުއްދަ ދިނުމާ ބެހޭ

2 އެޕްރީލް 2019     5 years ago


އިޢުލާން

 

1440 ވަނަ އަހަރުގެ ރަމަޟާންމަހު އައްޑޫގެ މިސްކިތްތަކުގައި ޙިފްޡުކޮށް ތަރާވިޙު ނަމާދު ކުރައްވާނެ ރާއްޖޭން ބޭރުގެ ޙާފިޡުން ރާއްޖެއަށް ގެނައުމަށް ހުއްދަ އެދޭ ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

ވީމާ، " ޙިފްޡުކޮށް އިމާމުވެ ތަރާވިޙު ނަމާދު ކުރުމަށް ރާއްޖޭން ބޭރުގެ ޙާފިޡުން ރާއްޖެއަށް ގެނައުމަށް ހުއްދަ އެދޭ ފޯމް" ފުރިހަމަކޮށް 2019 އެޕްރީލް 15 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން އެ އަވަށެއްގެ އަވަށު އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. "ޙިފްޡުކޮށް އިމާމުވެ ތަރާވިޙު ނަމާދު ކުރުމަށް ރާއްޖޭން ބޭރުގެ ޙާފިޡުން ރާއްޖެއަށް ގެނައުމަށް ހުއްދަ އެދޭ ފޯމް" އައްޑޫސިޓީ ކައުންސިލް އިދާރާގެ ކައުންޓަރުންނާއި އަވަށު އޮފީސް ތަކުން ރަސްމީގަޑީގައި ލިބެންހުންނާނެއެވެ. އަދި އައްޑޫސިޓީ ކައުންސިލް އިދާރާގެ ވެބްސައިޓް www.adducity.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

 

26 ރަޖަބް 1440

02 އެޕްރީލް 2019



ބާވަތް: އިއުލާން

ނަންބަރ: (IUL)426-CA/426/2019/82

ޕަބްލިޝް ކުރި ތާރީޚް: 02-04-2019

ސުންގަޑި: 2019-04-15 14:00:00