އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ ހިތަދޫ އަވަށު މަނިކު ފުޓްބޯޅަދަނޑުގެ ފެންސް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް

4 އެޕްރީލް 2019     5 years ago


އިޢުލާން

 

އައްޑޫސިޓީ ހިތަދޫ އަވަށު މަނިކު ފުޓްބޯޅަދަނޑުގެ ފެންސް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)426-AA/426/2019/73 އެކަށީގެންވާ އަދަދަށް ބީލަން ހުށަހަޅާފައި ނުވުމާއެކު މިދެންނެވުނު އިއުލާން ބާޠިލުކޮށް މިމަސައްކަތަށް އަލުން ފުރުސަތު ހުޅުވާލަމެވެ.

ވީމާ މިމަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށްއެދި ބިޑް ހުށަހެޅުއްވުންއެދެމެވެ. ބިޑް ވިއްކުން އޮންނާނީ 2019 އެޕްރީލް 7 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00ން ފެށިގެން 2019 އެޕްރީލް 11 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00އާއި ހަމަޔަށް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިންނާއި ހުޅުދޫ އަދި މީދޫ އަވަށު އޮފީހުންނެވެ. ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 300.00ރ (ތިންސަތޭކަ ރުފިޔާ)އެވެ.

ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2019 އެޕްރިލް 16 ވާ އަންގާރަ ދުވަހުގެ 13:00ގައި ކައުންސިލްގެ އިދާރާގެ ހޯލްގައާއި ހުޅުދޫ އަވަށު އޮފީސް އަދި މީދޫ އަވަށު އޮފީހުގައެވެ.

ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2019 އެޕްރީލް 7 ވާ އާދިއްތަ ދުވަހުން ފެށިގެން 2019 އެޕްރީލް 14 ވާ އާދިއްތަ ދުވަހުގެ 12:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު، 2019 އެޕްރީލް 14 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ.

އީމެއިލް:  [email protected]   

ކޮޕީ :  [email protected]

28 ރަޖަބު 1440 

4 އެޕްރީލް 2019



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2019/95

ޕަބްލިޝް ކުރި ތާރީޚް: 04-04-2019

ސުންގަޑި: 2019-04-11 12:00:00