އައްޑޫސިޓީ ކައުންސިލްގެ އިދާރާ

"ހޭހަން ޕްރޮޖެކްޓް" ގެ ނަމުގައި މަސްތުވާ ތަކެއްޗާ ދެކޮޅަށް ހިންގާ ޕްރޮގްރާމްގެ ޓްރޭނަރުން ތަމްރީނުކުރުން

14 ޑިސެމްބަރ 2016     7 years ago


"ހޭހަން ޕްރޮޖެކްޓް" ގެ ނަމުގައި މަސްތުވާ ތަކެއްޗާ ދެކޮޅަށް ހިންގާ ޕްރޮގްރާމްގެ ޓްރޭނަރުން ތަމްރީނުކުރުން

 

އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސްގެ ފަރާތުން މިނިސްޓްރީ އޮފް ހޯމް އަފެއަރޒްގެ އެހީގައި " ހޭހަން ޕްރޮޖެކްޓް" ގެ ނަމުގައި މަސްތުވާ ތަކެއްޗާ ދެކޮޅަށް ހިންގާ 5 މަސް ދުވަހުގެ ޕްރޮޖެކްޓެއް ހިންގުމަށް 15 ޓްރޭއިނަރުން ތަމްރީނުކުރުމަށް ހަމަޖެހިފައިވެއެވެ.

މި ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހީގައި ޓްރެއިނަރުން ތަމްރީނު ކުރުމުގެ ބައި މި ޑިސެމްބަރ މަހުގެ 22،21،20،19 މި 4 ދުވަހު ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައި ވެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި އެބޭފުޅެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑާއި  ސީވީ ، ލިޔުމަކާއެކު ކައުންސިލް އިދާރާއަށް ނުވަތަ އަވަށުއޮފީހަށް ހުށަހެޅުއްވުން އެދެމެވެ.

ސުންގަޑި: 17 ޑިސެމްބަރ 2016 ( މެންދުރު 13.00 )

ތަމްރީނު ޕްރޮގްރާމް ހިންގާތަނާއި ވަގުތު:  އައްޑޫސިޓީ ކައުންސިލް އިދާރާގައި 9.00 ން 17.00 އަށް

 

14 ރަބީޢުލް އައްވަލް 1438

13  ޑިސެމްބަރ    2016



ބާވަތް: އިއުލާން

ނަންބަރ: (IUL)426-CA/426/2016/257

ޕަބްލިޝް ކުރި ތާރީޚް: 14-12-2016

ސުންގަޑި: 2016-12-17 13:00:00