އައްޑޫސިޓީ ކައުންސިލްގެ އިދާރާ

"ވަގުތު" އޮންލައިން ނޫހުގެ އޭޕްރީލް 16 ވަނަ ދުވަހުގެ އަދަދުގައި " ލިޔެފައިވާ ޚަބަރާ ގުޅޭގޮތުން

16 އެޕްރީލް 2019     4 years ago


ނޫސްބަޔާން

 

"ވަގުތު" އޮންލައިން ނޫހުގެ އޭޕްރީލް 16  ވަނަ ދުވަހުގެ އަދަދުގައި "ސަރުކާރުން ވައުދު ނުފުއްދުމުން އައްޑޫގައި ކަނޑުފޭރޭ މީހުންގެ ދިދައެއް ނަގައިފި" މި ސުރުޚީގައި ލިޔެފައިވަނީ  ހަގީގަތާއި ޚިލާފު ވާހަކައެއް ކަމުގައި ދަންނަވަމެވެ.

ދިވެހިސަރުކާމެދު އައްޑޫ ރައްޔިތުންގެ ހިތްތަކުގައި ރުޅިވެރިކަމާއި ނަފުރަތު އުފެއްދުމަށް ވަގުތު އޮންލައިން އިން ކުރި މި ދަށުދަރަޖައިގެ މަސައްކަތް އައްޑޫސިޓީ ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމުގައި މި ފުރުސަތުގައި ދަންނަވަމެވެ.

ރައީސުލްޖުމްހޫރިއްޔާ އައްޑޫ ތަރައްޤީކުރެއްވުމަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދަވާނެކަމުގެ ފުރިހަމަ ޔަގީންކަން އައްޑޫ ރައްޔިތުންނަށް އެބައޮތެވެ. އެކަން އައްޑޫ ރައްޔިތުން ވަނީ ސާބިތުކޮށްދެއްވާފައެވެ.

ސިޓީ ސްކުއަރ ތަރައްޤީކޮށް ކޯއްޓޭއަށް ގައުމީދިދަ ނެގުމަށް ކުރަންޖެހޭ މަސައްކަތް ބާރު ސްޕީޑްގައި އައްޑޫސިޓީ ކައުންސިލުން ގެންދަވަނީ ކުރައްވަމުންނެވެ.



ބާވަތް: ނޫސްބަޔާން

ނަންބަރ: 04/2019

ޕަބްލިޝް ކުރި ތާރީޚް: 16-04-2019