އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އޭޕީސީގެ ބޭނުމަށް ހިތަދޫ މެޓްރާނާ އިންޖީނުގެ ހިންގި ބިމުގައި ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

24 އެޕްރީލް 2019     4 years ago


އިޢުލާން

 

އައްޑޫ ޕީޕަލްސް ކޯޕަރޭޓިވް ސޮސައިޓީއިން ހިތަދޫ މެޓްރާނާ އިންޖީނުގެ ހިންގި ބިމުގައި ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެތެރެއިން، ކުރެހުމާއެއްގޮތަށް ޕްރީފެބްރިކޭޓެޑް އިމާރާތެއް ރާވާ އެސެމްބްލްކޮށް، ފިނިޝިންގެ މަސައްކަތް ކުރުމާއި، އަދި މިހާރު ހުރި އިމާރާތުގެ އާބާތުރަފިލުވައި މަރާމާތުގެ މަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ދިވެހިރާއްޖޭގެ ކުންފުނިތަކާއި ވިޔަފާރިތަކުން ތިރީގައި މިދަންނަވާ ތާރީޚުތަކުގައި އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތާރީޚް

ދުވަސް

ވަގުތު

މަޢުލޫމާތު ސާފުކުރުން

29 އޭޕްރީލް 2019

ހޯމަ

11:00

އަންދާސީ ހިސާބު ހުށަހެޅުން

05 މޭއި 2019

އާދީއްތަ

11:00

 

އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސެޝަނުގައި ބައިވެރިވެވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. މައުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތަކާއި އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާށީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

މޮބައިލް ފޯން ނަންބަރ: 9197970

އީމެއިލް: [email protected]

 

20 ޝަޢުބާން 1440

23 އޭޕްރީލް 2019



ބާވަތް: އިއުލާން

ނަންބަރ: (IUL)APC-PROC/2019/01

ޕަބްލިޝް ކުރި ތާރީޚް: 24-04-2019

ސުންގަޑި: 2019-04-29 11:00:00