އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީގެ ފަޅުން ވެލި ނެގުމަށް ކައުންސިލުން ހުއްދަ ދޫކުރެވޭ ފަރާތްތަކުގެ އަތުން ނަގާނެ ފީ

23 ޖޫން 2019     4 years ago


އިޢުލާން

 

ގަވާއިދު ނަންބަރު 2019/R-980 (ތިމާވެށި ޙިމާޔަތްކުރުމާބެހޭ ގަވާއިދު) ގެ ދަށުން އައްޑޫ ސިޓީގެ އަވަށްތަކުގެ ފަޅުން ވެލި ނެގުމާއި ގުޅޭ އުޞޫލެއް އެކުލަވާލުމަށް ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ކައުންސިލުން ހުށަހަޅަނީ މި އުޞޫލުގެ ދަށުން ވެލި ނެގުމަށް ހުއްދަދެވޭ ފަރާތްތަކަށް ފަޅުން ނަގާ ކޮންމެ ވެލި ބަސްތާއަކަށް 0.10 (ދިހަ ލާރި) އާއި 1 (އެކެއް ރުފިޔާ)  ދެމެދުގެ އަގެއް  ދައްކަންޖެހޭ ގޮތަށް ބޭއްވުމަށެވެ. އެހެންކަމުން މިއަގާއި މެދު އާއްމުންގެ ހިޔާލެއް އޮތްނަމަ 26 ޖޫން 2019 ގެ ކުރިން އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއަށް އަންގަވާ ދެއްވުން އެދެމެވެ. މެއިލްގެ ޒަރިއްޔާއިން ހިޔާލެއް ހުށަހަޅަން ބޭނުންފުޅުވާ ފަރާތްތަކުން [email protected]  އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

20 ޝައްވާލް 1440

23 ޖޫން 2019



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AB/426/2019/196

ޕަބްލިޝް ކުރި ތާރީޚް: 23-06-2019

ސުންގަޑި: 2019-06-26 23:59:00