އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ވަޒީފާގެ ފުރުސަތު - މަސައްކަތު (މިސްކިތްތަކަށް)

29 ޖޫން 2019     5 months ago


އައްޑޫސިޓީގެ މިސްކިތްތަކަށް ވޭޖް އެމްޕުލޯއިމަންޓްގެ ދަށުން މަސައްކަތު މުވައްޒަފުން ހޯދުމަށް

އައްޑޫސިޓީ މިސްކިތްތަކުގެ މަސައްކަތު މުވައްޒަފުން ޗުއްޓީ ނުވަތަ ސަލާމް ބުނުމުން، ބަދަލުގައި މުވައްޒަފުން ހަމަޖެއްސުމަށް ވޭޖް އެމްޕުލޯއިމަންޓް އުސޫލުން މަސައްކަތު މުވައްޒަފުން ބޭނުންވެއްޖެއެވެ. މި މަޤާމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް މި ފުރުސަތު ހުޅުވާލަމެވެ.

މަޤާމު

މަސައްކަތު

ބޭނުންވާ ޢަދަދު

 • 10 (ދިހައެއް) – ހިތަދޫ އަވަށުގެ މިސްކިތްތަކަށް
 • 05 (ފަހެއް) – މަރަދޫ އަވަށުގެ މިސްކިތްތަކަށް
 • 05 (ފަހެއް) – މަރަދޫފޭދޫ އަވަށުގެ މިސްކިތްތަކަށް
 • 05 (ފަހެއް) – ފޭދޫ އަވަށުގެ މިސްކިތްތަކަށް
 • 05 (ފަހެއް) – ހުޅުދޫ އަވަށުގެ މިސްކިތްތަކަށް
 • 05 (ފަހެއް) – މީދޫ އަވަށުގެ މިސްކިތްތަކަށް

މަޤާމުގެ ގިންތި އާއި މުއްދަތު

ވަގުތީ ( 31 ޑިސެންބަރު 2019 ގެ ނިޔަލަށް )

މަޤާމުގެ ޝަރުތުތައް

 • ލިޔަންކިޔަން އެނގުން.
 • ޢުމުރުން 65 އަހަރުވެފައިވާ މީހަކު ކަމުގައިނުވުން.

މަސައްކަތުގެ އުޖޫރަ

މަސައްކަތްކުރާ ކޮންމެ ގަޑިއިރަކަށް 45.00 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

 • ހިތަދޫ އަވަށު އޮފީސް، ހިތަދޫ / އައްޑޫ  (ހިތަދޫ އަވަށުގެ މިސްކިތްތަކަށް ހޮވޭ މުވައްޒަފުން)
 • މަރަދޫ އަވަށު އޮފީސް، މަރަދޫ / އައްޑޫ (މަރަދޫ އަވަށުގެ މިސްކިތްތަކަށް ހޮވޭ މުވައްޒަފުން)
 • މަރަދޫފޭދޫ އަވަށު އޮފީސް، މަރަދޫފޭދޫ / އައްޑޫ (މަރަދޫފޭދޫ އަވަށުގެ މިސްކިތްތަކަށް ހޮވޭ މުވައްޒަފުން)
 • ފޭދޫ އަވަށު އޮފީސް، ފޭދޫ / އައްޑޫ (ފޭދޫ އަވަށުގެ މިސްކިތްތަކަށް ހޮވޭ މުވައްޒަފުން)
 • ހުޅުދޫ އަވަށު އޮފީސް، ހުޅުދޫ / އައްޑޫ (ހުޅުދޫ އަވަށުގެ މިސްކިތްތަކަށް ހޮވޭ މުވައްޒަފުން)
 • މީދޫ އަވަށު އޮފީސް، މީދޫ / އައްޑޫ (މީދޫ އަވަށުގެ މިސްކިތްތަކަށް ހޮވޭ މުވައްޒަފުން)

މަޤާމުގެ މަސްއޫލިއްޔަތު

 1. ކައުންސިލުން ކަނޑައަޅާ ތާވަލާއެއްގޮތަށް ހަވާލުކުރެވޭ މިސްކިތެއް / މިސްކިތްތައް ފޮޅާ ސާފުކުރުމުގެ މަސައްކަތް ކުރުން.
 2. ކޮންމެ ނަމާދު ވަގުތެއްގެ 30 މިނިޓު ކުރިން މިސްކިތުގެ އިސްކުރުބަރިއާއި ފާޚާނާ ސާފުކުރުން.
 3. ކޮންމެ ނަމާދު ވަގުތެއްގެ 30 މިނިޓު ކުރިން ނަމާދަށް މިސްކިތް ތައްޔާރުކުރުމުގެ ގޮތުން މިސްކިތުގެ ދޮރުތައް ހުޅުވުމާއި، ތަޅުންމަތި ސާފުކޮށް ލައިޓުތައް ދިއްލުމާއި ފަންކާ ޖެހުން އަދި ނަމާދުކޮށް ނިމިގެން މިސްކިތުން މީހުން ފޭބުމުން، ފަންކާތަކާއި ލައިޓުތައް ނިއްވައި ދޮރުތައް ލެއްޕުން.
 4. މިސްކިތުގެ ގޯތިތެރެ ކުނިކަހާ ސާފުކޮށް ބެލެހެއްޓުން.
 5. މިސްކިތުގެ ގޯތިތެރޭގައި ހުންނަ ގަސްތައް ކޮށުމާއި ސާފުކޮށްބަލަހައްޓައި، ގަސްތަކަށް ފެންދީހެދުން.
 6. މިސްކިތުގެ ވަޅުދިޔަ ހިއްކުމާއި ދިޔަދޮވި ސާފުކުރުންފަދަ މަސައްކަތްކުރުން.
 7. މިސްކިތުގައި ކުރަންޖެހޭ ކުދިކުދި މަރާމާތުތައް ކުރުން.

މިސްކިތް ބެލެހެއްޓުމާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި މަސައްކަތް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް

 

 

 

 1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.
 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރު ހިމެނޭގޮތަށް).
 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
 4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
 5. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

 1. މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ލިބިފައިވާ ތަޢުލީމާއި ތަމްރީން.
 2. މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ ނަމަ މަސައްކަތުގެ ތަޖުރިބާ.
 3. މަސައްކަތުގެ ހުނަރާއި ޤާބިލްކަން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 09 ޖުލައި 2019 ވާ އަންގާރަ ދުވަހު 14:00 ގެ ކުރިން، އެ އަވަށެއްގެ އަވަށު އޮފީހަށެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2019 ޖުލައި 15 އާއި 2019 ޖުލައި 22 އާ ދެމެދު، އައްޑޫސިޓީ ކައުންސިލް އިދާރާ ނުވަތަ އަވަށު އޮފީސްތަކުގައެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯދުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6888820 ނަންބަރު ފޯނާއެވެ.

24 ޝައްވާލް 1440

27 ޖޫން 2019

 


ބާވަތް: ވަޒީފާގެ ފުރުސަތު

ނަންބަރ: (IUL)426-CB/426/2019/208

ޕަބްލިޝް ކުރި ތާރީޚް: 29-06-2019