އައްޑޫސިޓީ ކައުންސިލްގެ އިދާރާ

"އައްޑޫ އެވޯޑް 2016" ޙަފްލާގެ ފަރިއްކޮޅު ތައްޔާރުކުރުން

5 ޖެނުއަރީ 2017     7 years ago


"އައްޑޫ އެވޯޑް 2016" ޙަފްލާގެ ފަރިއްކޮޅު ތައްޔާރުކުރުން

 

"އައްޑޫ އެވޯޑް 2016" ޙަފްލާގެ ފަރިއްކޮޅު ތައްޔާރުކޮށް ފަރިއްކޮޅުގެ އިންތިޒާމް ހަމަޖައްސަވައިދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.  

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 09 ޖަނަވަރީ 2017 ވާ ހޯމަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 12 ޖަނަވަރީ 2017 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި ޕްރޮޕޯސަލް ބަލައިގަތުން އޮންނާނީ މިއިދާރާގެ ކޮންފަރެންސް ހޯލު ގައެވެ. މަޢުލޫމާތު ސާފުކުރުމުގެ ސެޝަންގައި ބައިވެރިނުވާ ފަރާތަކަށް ޕްރޮޕޯސަލް ހުށަނޭޅުއްވޭނެއެވެ. އަދި  ކަނޑައެޅިފައިވާ ގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމާއި ޕްރޮޕޯސަލް ބަލައިގަތުމުގެ ސެޝަންގައި ވެސް ބައިވެރިނުވެވޭނެއެވެ. 

 

05 ރަބީޢުލް އާޚިރު 1438

03 ޖަނަވަރީ 2017



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2017/2

ޕަބްލިޝް ކުރި ތާރީޚް: 05-01-2017

ސުންގަޑި: 2017-01-12 11:00:00