އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ސީސީ ޓީވީ ކެމެރާ ސިސްޓަމް ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނުގެ ބިޑް ސެޝަން އޮންނަ ތާރީޚް ބަދަލުވުން

15 ޖުލައި 2019     4 years ago


އިޢުލާން

 

މި އިދާރާއަށް 01 ސީސީ ޓީވީ ކެމެރާ ސިސްޓަމް  ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ  ފަރާތެއް ހޯދަން ބޭނުންވެގެން ކުރި އިއުލާނުގެ ބިޑް ސެޝަން ބާއްވާ ތާރީޙް ބަދަލުވެފައިވާތީ، އަންގާ އިއުލާންކުރަމެވެ.

މިކަމަށް އެދި ހުށަހަޅާ ބިޑް ޑޮކިއުމަންޓް 11  ޖުލައި 2019 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00ން ފެށިގެން 17 ޖުލައި 2019 ވާ  ބުދަ ދުވަހުގެ މެންދުރު  12:00އާއި ހަމަޔަށް އައްޑޫސިޓީ ކައުންސިލްގެ އިދާރާއިން އަދި އަވަށު އޮފީސްތަކުން ގަންނަން ލިބެން ހުންނާނެއެވެ. ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 300.00ރުފިޔާ އެވެ.

މި ބީލަމާއި ގުޅޭ މަޢުލޫމާތު ސެޝަނެއް 18 ޖުލައި 2019 ވާ ބުރާސްފަތި ދުވަހުގެ 13:00ގައި  ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލުގައި އޮންނާނެއެވެ. މައުލޫމާތު ސެޝަންގައި ބައިވެރިނުވާ ފަރާތްތަކުން ބިޑް ސެޝަންގައި ބައިވެރިނުވެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.  

ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 29 ޖުލައި 2019 ވާ ހޯމަ ދުވަހުގެ 13:00ގައި ކައުންސިލްގެ އިދާރާގެ ހޯލުގައެވެ.

އަދި ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 11 ޖުލައި 2019 ވާ ބުރާސްފަތި ދުވަހުން ފެށިގެން 25 ޖުލައި 2019 ވާ ބުރާސްފަތި ދުވަހުގެ 12:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު، 25 ޖުލައި 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ.

އީމެއިލް: [email protected]

ކޮޕީ :  [email protected]   

11 ޒުލްގައިދާ 1440

14 ޖުލައި 2019



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2019/227

ޕަބްލިޝް ކުރި ތާރީޚް: 15-07-2019

ސުންގަޑި: 2019-07-17 12:00:00