އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޑަބްލިއުޑީސީ އިން ހިންގާ "ކަސަބު ވިޔަން ދަސްކޮށްދޭ ކޯސް" ހިންގައިދޭނެ ފަރާތެއް ހޯދުމަށް

17 ޖުލައި 2019     4 years ago


އިޢުލާން

 

އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އައްޑޫ ސިޓީގެ 35 ބައިވެރިންނަށް ކަސަބު ވިޔަން ދަސްކޮށްދޭ ކޯސް ހިންގަން ބޭނުންވެއެވެ. މި ކޯސް ކުރިއަށްދަނީ އައްޑޫ ސިޓީގެ ދެ ސަރަހައްދެއްގައެވެ. އެގޮތުން، ހުޅުދޫ އާއި މީދޫ މި 2 އަވަށަށް 1 ކްލާސް އަދި ފޭދޫ، މަރަދޫފޭދޫ، މަރަދޫ އަދި ހިތަދޫ މި 4 އަވަށަށް 1 ކްލާސް ނަގާގޮތަށެވެ. މި ކޯސް ރާވާ ހިންގާ ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިވާ ކަންކަން ހިމަނައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

 

ކޯސް ހިންގާ އިންސްޓިޓިއުޓް ނުވަތަ އެފަރާތެއްގެ މަޢުލޫމާތު - .

- ކޯސް ނިމޭއިރު ދަރިވަރުންނަށް ހާސިލް ވާނޭ މިންވަރު.

- ކޯސް ކުރިޔަށް ގެންދާނެގޮތް.

- ކޯހުގެ މުއްދަތު.

- ކޯސް ހިންގައިދޭނޭ އަގު.

 

މާރކްސް ދެވޭނެގޮތް :

- އަގު %30

- ތަޖުރިބާ %30

- މުއްދަތު %20

- ހުށަހެޅުން %20

 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 25 ޖުލައި 2019 ވާ ބުރާސްފަތިދުވަހުގެ 13:00 އަށް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. 13:00 ގެފަހުން ގެންނަ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ޕްރޮޕޯސަލް އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެއިލް އެޑްރެސް  [email protected]   އަށްވެސް ފޮނުވިދާނެއެވެ.

 

 11 ޛުލްޤަޢިދާ  1440   

14  ޖުލައި 2019



ބާވަތް: އިއުލާން

ނަންބަރ: (IUL)426-CA/426/2019/232

ޕަބްލިޝް ކުރި ތާރީޚް: 17-07-2019

ސުންގަޑި: 2019-07-25 13:00:00